ހދ. ހަނިމާދުއާއި އިންޑިއާގެ ޓްރިވެންޑްރަމާ ދެމެދު ކުރަމުން އައި ދަތުރުތައް އަލުން ފަށަން ގައުމީ އެއާލައިން، މޯލްޑިވިއަން އިން ނިންމައިފިއެވެ.

އެ އެއާލައިނުން ބުނީ މި ދަތުރުތައް އަލުން ފަށާނީ އަންނަ މެއި މަހުގެ އަށް ވަނަ ދުވަހުން ފެށިގެން ކަމަށެވެ.

Ad
rt

ހަނިމާދުއާއި ޓްރިވެންޑްރަމާ ދެމެދު ކުރަމުން އަންނަ ދަތުރުތަކުގެ ދެކޮޅު ޓިކެޓުގެ ފެށޭ އަގަކީ 310 ޑޮލަރު (4،780ރ.)އެވެ.

މޯލްޑިވިއަންގެ ވެބްސައިޓުންނާއި މޯބައިލް އެޕްލިކޭޝަނުން މިހާރުން ފެށިގެން ބުކިން ހެދޭނެއެވެ.