ފެނަކަ ކޯޕަރޭޝަންގެ ސީއެސްއާރުގެ ދަށުން ފީވަކު ސިއްހީ މަރުކަޒަށާއި، ނޫމަރާ މިސްކިތަކަށާއި، ސްކޫލަށް އޭސީ އަދި ޓީވީ ހަދިޔާކޮށްފިއެވެ.
ފެނަކައިން އަންނަނީ އެ ކުންފުނީގެ ޚިދުމަތްދޭ ރަށްތަކުގެ ތަންތަނަށް އެ ކުންފުނީގެ އިޖުތިމާއީ ޒިންމާގެ ދަށުން ގިނަ އެހީތަކެއް ފޯރުކޮށްދެމުންނެވެ.
މިގޮތުން ފޯރުކޮށްދޭ އެހީތެރިކަމުގެ ދަށުން ށ. ފީވަކު ސިއްހީ މަރުކަޒަށް ބޭނުންވާ ދެ އޭސީ އިއްޔެ ވަނީ ހަދިޔާކޮށްފައެވެ. މިއީ 18000 ބީޓީޔޫގެ އޭސީ އަކާއި އަދި 22000 ބީޓީޔޫގެ އޭސީކެވެ.
މީގެ އިތުރުން ށ. ނޫމަރާ ސްކޫލަށް ވެސް ވަނީ 18000 ބީޓީޔޫގެ އޭސީ އަކާއި އަދި 22000 ބީޓީޔޫގެ އޭސީއެއް ހަދިޔާ ކޮށްފައެޗެ. އަދި 55 އިންޗީގެ ދެ ސްމާޓް ޓީވީ ވެސް ހަދިޔާކުރިއެވެ.
ފެނަކައިން ނޫމަރާގެ މަސްޖިދުލް އަލް ނާސިރާ ހަދިޔާ ކުރީ 24000 ބީޓީޔޫގެ 6 އޭސީއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!