ހދ.ނޮޅިވަރަމް ކައުންސިލުން "ޕްރިލިމިނަރީ، އެސެސްމަންޓް އޮން ރެޑިކަލައިޒޭޝަން އިން ދަ މޯލްޑިވްސް" ގެ ނަމުގައި މޯލްޑިވްސް
ޑިމޮކްރަސީ ނެޓްވޯކް (އެމް.ޑީ.އެން) ނެރުނު ރިޕޯޓް ކުށްވެރިކޮއްފިއެވެ.

މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކް (އެމް.ޑީ.އެން) "ޕްރިލިމިނަރީ، އެސެސްމަންޓް އޮން
ރެޑިކަލައިޒޭޝަން އިން ދަ މޯލްޑިވްސް" ގެ ނަމުގައި ނެރުނު ރިޕޯޓްގައި، މާތްވެގެންވާ އިސްލާމްދީނާއި މިއުއްމަތުގެ
މާތް ނަބިއްޔާ މުޙައްމަދު ﷺ އަށް ފުރައްސާރަ ކޮށްފައިވާތީ، އެރަށުގެ ރައްޔިތުންނާއި ކައުންސިލުން އެޢަމަލު އެންމެ ހަރުކަށި ޢިބާރާތުން ކުއްވެރިކުރާ ކަމަށާއި މިޢަމަލަކީ އެޖަމުޢިއްޔާއިން ހިންގި ވަރަށް ހަޑިމުޑުދާރު އެންމެ ދަށުދަރަޖައިގެ ޢަމަލެއްކަމުގައި އެރަށުގެ ރައްޔިތުންނާއި ކައުންސިލުން ދެކޭކަމަށް އެފަރާތުގެ ރިޕޯޓްގައި ބުނެފައިވެއެވެ.

Ad
rt

އެ ޖަމުޢިއްޔާގެ ރިޕޯޓުގައި ކީރިތި ޤުރުޢާންގެ ނައްސުން ސާބިތު ކަންތައްތަކަށް ކަނޑައެޅިގެން އިންކާރުކޮށްފައިވުމަކީ އެޖަމުޢިއްޔާގެ
ނިޔަތްއިންތިހާއަށް ފާސިދުވެ ގޮސްފައިވާ ކަމުގެ ބޮޑު ދަލީލެއްކަމަށާއި އެ ޢަމަލަކީ ދިވެހިރާއްޖޭގެ ޤާނޫނު އަސާސީގެ 277 ވަނަ މާއްދާއާއި، ގާނޫނު ނަންބަރ 1/2003ޖަމުޢިއްޔާތަކާއި ބެހޭ ޤާނޫނުގެ 19 އަދި 20 ވަނަ މާއްދާއާއި ޤާނޫނު ނަންބަރ 6/94 ދިވެހިރައްޔިތުންގެ ދީނީއެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ޤާނޫނުގެ 4 މާއްދާ އަދި ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 617 ވަނަ މާއްދާއާއި ޚިލާފު ޢަމަލަކަށް ވީހިނދު މިކުށަށް ދައުވާ އުފުލަންޖެހޭ ފަރާތްތަކާއި މެދު ލަސްނުކޮށް ފިޔަވަޅުއެޅުމަށް ކައުންސިލުން ވަނީ ގޮވާލާފައެވެ.

މީގެ އިތުރުން މިފަދަ ޢަމަލުތައް ތަކުރާރުވިޔަނުދިނުމަށް އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް އެޅުމަށް ކަމާބެހޭ ދަޢުލަތުގެ މުއައްސަސާތަކާއި ދިވެހިރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާއަށް އިލްތިމާސްކުރާކަމަށް އެފަރަތުން ނެރުނު ރިޕޯޓްގައި ވަނީ ބުނެފައެވެ.