ހއ. ބާރަށުގައި އައުޓްޑޯ ޖިމެއް ޤާއިމު ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އެރަށު ކައުންސިލުން އިއުލާން ކޮށްފިއެވެ.

އެކައުންސިލުން ނެރެފައިވާ އިއުލާނެއްގައި ބުނެފައިވަނީ މިމަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވާ ކަމަށާއި ޝައުގުވެރިވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

Ad
rt

މި މަސައްކަތް ކުރަން ޖެހޭނީ އެކައުންސިލުން ދޭ ކޮންސެޕްޓާއި އެއްގޮތްވާ ގޮތުގެ މަތީންނެވެ.

އެގޮތުން މިމަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން 21 މާރިޗް 2022 ވަނަ ދުވަހުގެ 11.00 ގެ ކުރިން އެކައުންސިލް އިދާރާގެ އީމެއިލް info@baarah.gov.mv އަށް މައުލޫމާތު ފޮނުއްވައިގެން ނުވަތަ އިދާރާއަށް ދުރުވެ ރަޖިސްޓަރ ކުރުމަށް އެކައުންސިލުން ވަނީ އެދިލައްވާފައެވެ.

މިބީލަމުގެ ޕްރި-ބިޑް ބައްދަލުވުން އޮންނާނީ 22 މާރިޗް 2022 ވަނަ ދުވަހުގެ 11.00 ގައި އެކައުންސިލް އިދާރާގެ ކޮންފަރެންސް ހޯލްގައެވެ. ބީލަން ބަލައިގަތުމަށް ހަމަޖެހިފައިވަނީ 30 މާރިޗް 2022 ދުވަހުގެ 11.00 ގެ ނިޔަލަށެވެ.

ބީލަންތައް ހުޅުވުން އޮންނާނީ 30 މާރިޗް 2022 ވަނަ ދުވަހުގެ 11.00 ގައި އެކައުންސިލް އިދާރާގެ ކޮންފަރެންސް ހޯލްގައެވެ.