ހއ ދިއްދޫ އަދި ނ ވެލިދޫ ފުޓްބޯޅަދަނޑުގެ ސަބް ބޭސް ތައްޔާރުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓުން މިއަދު އިޢުލާން ކޮށްފިއެވެ.

މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް މަޢުލޫމާތު ސާފުކުރުން އޮންނާނީ 2019 އޮކްޓޫބަރ 20 ވާ އާދިއްތަ ދުވަހު 12:00 ގައި މޯލްޑިވްސް ނެޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސް (ހ.ބޯޅަގެ 3 ވަނަ ފަންގިފިލާ) ގައެވެ.

Ad
rt

އަންދާސީ ހިސާބު ހުށައަޅަން ޖެހޭނީ 2019 އޮކްޓޫބަރ 27 ވާ އާދިއްތަ ދުވަހުގެ 12:00 ގައި މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓަށެޗެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށައެޅުމުގެ ފުރަސަތެއް ނޯންނާނެއެވެ.

ހދ.ނެއްލައިދޫ އަދި ނ.ކުޑަފަރީ ފުޓްބޯޅަ ދަނޑުގެ ސަބްބޭސް ތައްޔާރުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް 15 ސެޕްޓެމްބަރު 2019 ގައި ކުރެވުނު ޔޫތު މިނިސްޓްރީން ކުރި އިޢުލާނާއި ގުޅިގެން، އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީ އެ އިޢުލާން ބާޠިލްކޮށް އަލުން އެމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށްވެސް އަލުން މިއަދު ވަނީ އިޢުލާން ކޮށްފައެވެ.

ފުޓުބޯޅަ ދަނޑުތައް ތަރައްޤީކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ވަޢުދެކެވެ.