ސިފައިންގެ ތަމްރީން ހަދަމުން ދަނިކޮށް ހާލު ދެރަވި ދެ ދަރިވަރަކު މާލެ ގެނެސް ފަރުވާދޭން ފަށައިފިއެވެ.

އެމްއެންޑީއެފުން ވިދާޅުވި ގޮތުގައި، މާފިލާފުށީގައި ސިފައިންގެ ތަމްރީން ހަދަމުންދިޔަ ދެ ދަރިވަރަކު މާލެ ގެނެސް ދަނީ ފަރުވާ ދެމުންނެވެ.

Ad
rt

އެ ދަރިވަރުންނަށް ފަރުވާ ދެމުން ދަނީ ރާއްޖޭގެ މައި ހޮސްޕިޓަލް، އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައެވެ.

މި ދެ ދަރިވަރުންނާގުޅޭ އިތުރު މައުލޫމާތު އަދި އެމްއެންޑީއެފުން ހާމައެއް ނުކުރަށްވައެވެ.

ސިފައިންގެ ތަމްރީން ހަދަމުން ދަނިކޮށް ހާލު ދެރަވި ދެ ދަރިވަރަކު މާލެ ގެނެސް ފަރުވާ ދެމުންދާއިރު، މާފިލާފުއްޓަށް ތަމްރީން ހަދަން ދިޔަ ދަރިވަރަކު މިދިޔަ ހޯމަ ދުވަހު ވަނީ ނިޔާވެފައެވެ.

ނިޔާވީ، ޕްރައިވެޓް މުހައްމަދު ރާފިލް ރަބީލް އެވެ. ރާފިލް ނިޔާވީ ތަމްރީނަށް މާފިލާފުއްޓަށް ދިޔަ ފަހުން ނޭވާލުމަށް އުނދަގޫވެގެން އަވަސް ފަރުވާ ދިނުމަށް ފަހު އިތުރު ފަރުވާއަށް ބޭނުންވާ ކަން ފާހަގަކުރެވިގެން ޅ. ނައިފަރު ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށެވެ.