ށ. ފުނަދޫގައި އެއާ މޮނިޓަރިންގ ސެންސަރއެއް ޤާއިމްކުރުމުގެ މަސައްކަތް ކުރުމަށް ފުނަދޫ ކައުންސިލާއި މިނިސްޓްރީ އޮފް އެންވަޔަރަމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އާއި ދެމެދު އެމް.އޯ.ޔޫ އެއްގައި މިއަދު ސޮއިކޮށްފިއެވެ.
"ތިލަދުން" އަށް މައުލޫމާތު ދެއްވަމުން ފުނަދޫ ކައުންސިލްގެ ރައީސް އަހުމަދު އިބްރާހިމްފުޅު ވިދާޅުވީ މިއެއްބަސްވުމުގައި ކައުންސިލްގެ ފަރާތުން ސޮއި ކުރެއްވީ ރައީސް ކަމަށެވެ. މިރަސްމިއްޔާތުގައި އެމިނިސްޓްރީގެ ފަރާތުންވެސް ބައެއް ބޭފުޅުން ބައިވެރިވެފައިވެ އެވެ.
އެގޮތުން 3 ދުވަސްތެރޭގައި މި ސެންސަރ އެކްޓިވޭޓް ވުމުން ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދެވޭނެ ކަމަށް އިބްރާހިމްފުޅު ވަނީ ވިދާޅުވެފައެވެ. އަދި މި ސެންސަރގެ ސަބަބުން ސަރަހައްދުގެ ވައި ނުސާފުވެފައިވާނަމަ ރައްކާތެރިވުމަށް އެހީތެރިކަން ލިބޭނެ ކަމަށްވެސް އެކައުންސިލުން ވަނީ ފާހަގަ ކޮށްފައެވެ.
މިސެންޓަރއިން ވަޔަށް އަންނަ ބަދަލުތަކާއި ގުޅިގެން ތަފާތު 6 ކުލައަކުން އިންޒާރުގެ މެސެޖްތައް ދެއެވެ. އެގޮތުން 24 ގަޑިއިރު ތެރޭގައި އެމާހައުލެއްގެ ޖައްވުގައި އެއްވެސް ކަހަލަ ނުސާފު ކަމެއްވާނަމަ މިސެންސަރގެ ޒަރިއްޔާއިން އެކަން އަންގާދެއެވެ.
އެންވަޔަރމެންޓް މިނިސްޓްރީއިން ކުރިއަށްގެންދާ ވައިގެ ސާފު މިންވަރު ދެނެގަތުމުގެ މަޝްރޫއުގެ ދަށުން ރާއްޖޭގެ ބައެއް ރަށްރަށުގައި ގާއިމް ކުރަމުން މިދާ ސެންސަރތަކުގެ އެހީގައި ހޯދޭ އެއާ ކޮލިޓީ އިންޑެކްސް އަދި އިތުރު މައުލޫމާތު https://www.iqair.com މެދުވެރިކޮށް ފެނިވަޑައިގަންނަވާނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!