ބައިނަލްއަޤުވާމީ އަންހެނުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ހއ ފެމެލީ އެންޑް ޗިލްޑްރަންސް ސަރވިސް ސެޓަރުން އިސްނަގައިގެން ދިއްދޫގެ މުއައްސަސާތަކަށް ހުޅުވާލައިގެން މަސްރޭހެއް ބޭއްވުމަށް ނިންމައިފި އެވެ.
މިމުބާރާތަކީ ހއ ފެމެލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރުން އިސްނަގައި ދިއްދޫގައި ހުރި ސަރުކާރުގެ މުއައްސަސާތަކާއި ގުޅިގެން މަސްވެރިކަމަށް ލޯބިކުރާ ޒުވާނުންނާއި ހާއްޞަކޮށް ކަނބަލުންނަށް އަމާޒްކޮށްގެން ކުރިޔަށް ގެންދާ މުބާރާތެކެވެ. މިމުބާރާތުގެ މަޤުޞަދަކީ މަސްވެރިކަމަށް ޝައުޤްވެރިކަން ހުންނަ ފަރާތްތަކުގެ މެދުގައި، މަސްވެރިކަމުގެ ރޫޙު އާލާކުރުމާއި މިހާރަށްވުރެން ބޮޑަށް ކަނބަލުން އެކިއެކި ކަންކަމުގައި އަމަލީގޮތުން ބައިވެރިވުމުގެ ޝައުޤްވެރިކަން އުފެއްދުމެވެ.
މިމުބާރާތުގައި ޖުމަލަ 6 މުއައްސަސާއަކުން ވަނީ ބައިވެރިވެފައެވެ. އެއީ ހއ ފެމެލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރާއި، ހއ އަތޮޅު ކައުންސިލާއި، ހއ ދިއްދޫ ކައުންސިލާއި، ހއ އަތޮޅު ހޮސްޕިޓަލާއި ، ހއ ދިއްދޫ ޕޮލިސްޓޭޝަންގެ ޓީމާއި އަދި ހއ ދިއްދޫ ފެނަކަ ކޯޕަރޭޝަން ޓީމެވެ.
ތާފާތު ވަނަ ތަކެއް ހޮވާ މިމުބާރާތުގައި މަހަށް ފުރުމަށް ހަމަޖެހިފައިވަނީ 8 މާރޗު 2022 ވާ އަންގާރަ ދުވަހުގެ 16:15 އިން 20:30 އަށެވެ. މިމުބާރާތުގައި ހޮވުމަށް ހަމަޖެހިފައިވާ ވަނަ ތަކުގެ ތެރޭގައި އެއްވަނަ ޓީމް، ދެވަނަ ޓީމް އަދި އެންމެ ބަރުމަސް ބޭނި ކަނބަލު ހޮވުމަށް ވަނީ ނިންމާފައެވެ.
އަދި މީގެއިތުރުން 8 ވަނަ ދުވަހުގެ ރޭ، 9:15 ގައި ދިއްދޫ ރައްސި ގަނޑު ސަރަހަދުގައި މުއައްސަސާތަކުން ބައިވެރިވެގެން ބޭނި މަސްތަކުން ބާބަކިޔުއެއް ކުރިޔަށްގެންދާގޮތަށްވެސް ވަނީ ހަމަޖެހިފައެވެ.
މިއަހަރުގެ އަންހެނުންގެ ދުވަހުގެ ޝިއާރަކީ: “Gender equality today for a sustainable tomorrow”މި ޝިޢާރަކީ މޫސުމީ ބަދަލުތައް ކުޑަކުރުމާއި ދެމެހެއްޓެނެވި މުސްތަޤްބަލެއް ބިނާކުރުމަށްޓަކައި ދުނިޔޭގެ ގެ އެކި ކަންކޮޅުތަކުގައި އަންހެނުންނާއި އަންހެން ކުދިން ކުރަމުންގެންދާ އަގުހުރި، ބުރަ މަސައްކަތްތަކުގެ އަގު ވަޒަންކުރުމާއި ދެމެހެއްޓެނެވި މުސަތަޤްބަލަ ކަށް ވާސިލުވުމަށް މިންތީގެ ހަމަހަމަކަން ޤާއިމުކުރުމުގެ މުހިންމުކަމަށް އަލިއަޅުވާލުމުގެ ގޮތުން ކަނޑައަޅާފައިވާ ޝިޢާރެކަންވެސް ފާހަގަކޮށްލަމެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!