ހއ. ދިއްދޫގައި ހުންނަ ހއ. އަތޮޅު ހޮސްޕިޓަލުގެ ޑެންޓަލް އޮފިސަރެއްގެ ގޮތުގައި ދިއްދޫއަށް ނިސްބަތްވެވަޑައިގަންނަވާ އެރަށު ފެހިވިލާގެ ޑރ. ފާޠިމަތު ފައިރޫޒް ޚިދުމަތް ކުރައްވަން ފައްޓަވައިފިއެވެ.

ހއ. އަތޮޅު ހޮސްޕިޓަލުގެ ފަރާތުން ފައިރޫޒްއަށް ވަނީ ވަރަށް ހޫނު މަރުޚަބާއެއް ކިޔާފައިވާއިރު، "ތިލަދުން" އަށް މައުލޫމާތު ދެއްވަމުން އެހޮސްޕިޓަލުގެ ޒިންމާދާރު ވެރިޔާ ހުސެއިން ޝިމާން ވިދާޅުވީ، ޑރ. ފާޠިމަތު ފައިރޫޒްއަށް ތަނަވަސް އެތައް ފުރުސަތެއް އޮވެމެ، ރަށާއި އަތޮޅަށް ޚިދުމަތް ކުރުމުގެ މަތިވެރި މަޤްޞަދުގައި، އެބޭފުޅުންގެ ޚިދުމަތީ ދަތުރުގައި ފުރިހަމައަށް ޙިއްސާވެލުމަށް އިސްނަންގަވައި، ރަށުގެ ދާއިމީ ޑެންޓަލް އޮފިސަރގެ މަޤާމަށް ހޮވިވަޑައިގެން ޚިދުމަތައް ނިކުމެވަޑައިގަތުމީ އެފަރާތްތަކަށް ލިބިގެންދާ ވަރަށް ހާއްސަ އުފަލެއް ކަމަށެވެ.

Ad
rt

ޑރ. ފައިރޫޒް ސާނަވީ ތައުލީމް ހާސިލްކޮށްފައިވަނީ 2011 ވަނަ އަހަރު ހއ. އަތޮޅު އެޑިއުކޭޝަން ސެންޓަރއިންނެވެ. މަތީސާނަވީ ހާސިލް ކޮށްފައިވަނީ 2014 ވަނަ އަހަރު ވިލާ އިންޓަނޭޝަނަލް ހައި ސްކޫލްއިންނެވެ.

އުމުރުން 27 އަހަރުގެ ފައިރޫޒް ވަނީ 2015 އިން 2020 އަށް ދާކާ ޔުނިވަރސިޓީއިން ބަޗެލަރ އޮފް ޑެންޓަލް ސަރޖަރީ (ބީ.ޑީ.އެސް) ހާސިލް ކޮށްފައެވެ. އޭގެ ފަހުން ޑރ.ޑީޑީ ގެ ޑެންޓަލް އެންޑް މެޑިކަލް ސެންޓަރ ގައި 10 މަސްދުވަހު ވަނީ މަސައްކަތް ކުރައްވާފައެވެ.

ދިއްދޫ ހޮސްޕިޓަލުން އިތުރަށް ވިދާޅުވީ ދިވެހި ޑޮކްޓަރެއް، އަމިއްލަފުޅު އުފަން ރަށުގައި، ރަށުގެ ރައްޔިތުންނާއި އަތޮޅަށް ޚިދުމަތް ކުރުމަށް ނިކުމެވަޑައިގަތުމީ، ރަށުގެ ރައްޔިތުންނާއި އަތޮޅުގެ ރައްޔިތުން ފަޚްރުވެރިވާނެފަދަ ޝުކުރު ޙައްގު ނިންމެވުމެއް ކަމަށެވެ. އަދި ޑރ. ފާޠިމަތު ފައިރޫޒުގެ އަގުހުރި ޚިދުމަތުން ރަށާއި އަތޮޅުގެ ރައްޔިތުނަށް ފުރިހަމަ ޚިދުމަތްތަކެއް ލިބިގެން ދިއުމަށް އުއްމީދު ކުރައްވާ ކަމަށްވެސް އެހޮސްޕިޓަލުން ވަނީ ވިދާޅުވެފައެވެ.