ހދ. ނޭކުރެންދޫއާއި ށ. ނަރުދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ ބައި-އިލެކްޝަން އަންނަ އޭޕްރިލް މަހުގެ 16 ވަނަ ދުވަހު ބޭއްވުމަށް އިލެކްޝަން ކޮމިޝަން (އީސީ) އިން ނިންމައިފިއެވެ.

އީސީއިން މިއަދު ނެރެފައިވާ އިއުލާނެއްގައި ބުނެފައިވަނީ ނޭކުރެންދޫ އަންހެނުންގެ ކޮމިޓީއަށް 2 މެމްބަރު އަދި ނަރުދޫ އަންހެނުންގެ ކޮމިޓީއަށް މެމްބަރެއް ހޮވަން ޖެހޭ ކަމަށެވެ.

Ad
rt

އެގޮތުން މެމްބަރުކަމަށް ކުރިމަތިލުމަށް ޝައުގުވެރިވާ ފަރާތްތަކަށް މާދަމާ (2 މާރޗް 2022) އިން ފެށިގެން 17 މާރޗް 2022 ވަނަ ދުވަހުގެ 14:00 އާ ހަމައަށް ފުރުސަތު ވަނީ ހުޅުވާލާފައެވެ.

އީސީއިން ވަނީ މެމްބަރުކަށް ކުރިމަތިލާ ފަރާތްތަކުގެ ހުންނަން ޖެހޭ ޝަރުތުތައްވެސް މިއިއުލާނުގައި ބަޔާންކޮށްފައެވެ.

އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބަށް ކުރިމަތިލުމަށް އެދޭ މީހުން ހުށަހަޅަންޖެހޭ އެޕްލިކޭޝަން ފޯމު އެކޮމިޝަންގެ ވެބްސައިޓް www.elections.gov.mv އިން ލިބެން ހުންނާނެއެވެ.

އެ ދެ ރަށުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ ބައި-އިލެކްޝަނަށް ހުޅުވާލި އެ ކޮމެޓީތަކުން ހުސްވި ޖާގަތަކަށް މެންބަރުން އިންތިޚާބު ކުރުމަށެވެ.