ދައުލަތުން 2020 އަހަރަށް ލަފާ ކުރާ ބަޖެޓް މިމަހުގެ ފަހު ހަފްތާގެ ތެރޭގައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ނިންމާފައިވާކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.

ޤާނޫނުގައިވާ ގޮތުން ބަޖެޓް ހުށަހެޅުމުގެ އެންމެ ފަހު ތާރީޙަކީ މިމަހުގެ 31 ކަމަށްވާއިރު، ފިނޭންސް މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ އަންނަ އަހަރަށް ދައުލަތުން ލަފާކުރާ ބަޖެޓް ހުށަހެޅުމަށް ފިނޭންސް މިނިސްޓްރީން ކުރަންޖެހޭ މަސައްކަތުގެ ބޮޑުބައިނިމި ބަޖެޓް އެކުލަވާލުމުގެ މަސައްކަތް މިހާރު ކުރަމުންދާކަމަށާއި، އަދި ބަޖެޓް ތައްޔާރުކުރުމުގެ ކުރިން ދައުލަތުގެ އެކި ވުޒާރާތަކާއި މިނިވަން މުއައްސަސާތަކާއި ބައްދަލުކޮށް، ބަޖެޓްގެ ދަތިކަން އެފަރާތްތަކަށް އޮތް މިންވަރު އޮޅުންފިލުވައި އަންނަ އަހަރަށް ބޭނުންވާ ބަޖެޓާއިގުޅޭ މައުލޫމާތުތައް އޮޅުންފިލުވާފައިވާކަމަށްށެވެ.

Ad
rt

ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވިދާޅުވާގޮތުން އަންނަ އަހަރަށް ލަފާކުރާ ބަޖެޓްގައި ސަރުކާރުގެ ވުޒާރާތަކުގެ އިންފްރާސްޓްރަކްޗައަށް ހައްލުތަކެއް ހޯދުމަށާއި، ސަރުކާރުން ހުށަހަޅުއްވާފައިވާ މެނިފެސްޓޯގައިވާ ކަންކަން ތަންފީޒުކުރުމަށް ޚާއްސަ އިސްކަމެއް ދެއްވާފައިވާނެއެވެ.

މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީންވެސް ވަނީ ފިނޭންސް މިނިސްޓަރ ހިމެނިވަޑައިގަންނަވާ ގޮތަށް ދައުލަތުގެ މިނިވަން މުއައްސަސާތަކާއި ބައްދަލުކުރައްވައި، ބަޖެޓްގެ ހުރި ދަތިތައް އޮޅުންފިލުވާފައެވެ