ރައީސް އިބްރާޙީމް މުޙައްމަދުގެ ސަރުކާރުން އަތޮޅު ތެރޭގެ ސިއްހީ ދާއިރާ އަދާހަމަ ކުރުމަށް ކުރެވޭ މަސައްކަތްތަކަކީ ތާރީހު ނުދެކޭ ފަދަ މަސައްކަތްތަކެއް ކަމަށް ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބުދުއްލަތީފް ވިދާޅުވެއްޖެއެވެ.
ސަރުކާރުން އަތޮޅުތަކުގެ ސިއްހީ ދާއިރާގެ ކުރިއެރުމަށް ގެންދަވަނީ ހޮސްޕިޓަލްތައް އިމާރާތްކުރުމާއި، ސިއްހީ މަރުކަޒުތައް އަޕްގްރޭޑްކޮށް، އެތަންތަނުގެ ވަސީލަތްތަކާއި، ޚިދުމަތްތައް އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަށްވަމުންނެވެ. މިގޮތުން ޔާސިރު ތަމްސީލް ކުރަށްވާ ކުޅުދުއްފުށީ ގައި ހުންނަ ރީޖަނަލް ހޮސްޕިޓަލަކީ މި ސަރުކާރުގެ ދައުރުގެ ތެރޭގައި ތަރައްގީއާއި ޚިދުމަތުގެ ގޮތުން ބޮޑު ކުރިއެރުމެއް ހޯދަމުން އަންނަ ހޮސްޕިޓަލެކެވެ.
މި ސަރުކާރުގެ ދައުރުގެ ތެރޭގައި އެ ހޮސްޕިޓަލުގައި ވަނީ އެމްއާރުއައިގެ ހިދުމަތާއި ސީޓީ ސްކޭން، ސްޕީޗް ތެރެޕީގެ ހިދުމަތާއި، ތެލެސީމީއާ ޑީއެންއޭ ޓެސްޓް ހެދުމުގެ ޚިދުމަތުގެ އިތުރުން ދަރިމައިވުމުގެ ޞިއްޙަތާއި ގުޅޭ މަރުކަޒު "އުފަންވެނި ޞިއްޙަތު"ގެ ޚިދުމަތްފަދަ އެތައް ޚިދުމަތެއް ތަޢާރަފްކޮށް އެ ސަރަހައްދުގެ ރައްޔިތުންގެ ޖީބުތަކަށް ލުއިކަން ހޯދައިދީފައެވެ. އަދި އިތުރު ޚާއްޞަ ބަލިތަކުގެ ޑޮކްޓަރުން ހަމަޖައްސައި ބޮޑެތި ސާޖަރީތައް ކާމިޔާބުކަމާއެކުކޮށް ރައްޔިތުން މާލެއަށް ބަރޯސާވާ މިންވަރު އެ ހޮސްޕިޓަލުން ވަނީ ކުޑަކޮށްދީފައެވެ.
ކޭއާރުއެޗަކީ އެންމެ އުތުރުގެ ތިން އަތޮޅުގެ އިތުރުން އެހެން އަތޮޅުތަކުން ވެސް ޚިދުމަތް ހޯދަމުން އަންނަ ހޮސްޕިޓަލެކެވެ. އެ ހޮސްޕިޓަލުންދޭ ޚިދުމަތްތައް އިތުރަށް އަވަސްކޮށް، ތަރައްގީކުރުމަށް އިމާރާތައް ގެންނަންޖެހޭ ބަދަލުތަކާއި، އިމާރާތްތައް އިތުރުކުރުމުގެ އިތުރުން ވަސީލަތްތައް ވެސް ދަނީ އިތުރު ކުރަމުންނެވެ.
ނިގޮތުން އެ ހޮސްޕިޓަލަށް އިތުރު އެންބިއުލަަންސް އެއް އިއްޔެ ގެންގޮސްފައިވާއިރު، މެންބަރު ޔާސިރު ވަނީ އެ އެމްބިއުލާންސާއެކު އެ ހޮސްޕިޓަލުންދޭ ޚިދުމަތްތައް އިތުރަށް ފުރިހަމަ ވެގެެންދާނެކަން ފާހަގަ ކުރަށްވާފައެވެ.
"ރައީސް ޞާލިޙްގެ ސަރުކާރުން އަތޮޅު ތެރޭގެ ސިއްހީ ދާއިރާ އަދާހަމަ ކުރުމަށް ކުރެވޭ މަސައްކަތްތަކަކީ ތާރީހު ނުދެކޭ ފަދަ މަސައްކަތްތަކެއް" ޔާސިރު ވިދާޅުވެފައެވެ.
އަތޮޅު ތެރޭގެ ސިއްހީ ޚިދުމަތް ތަރައްގީކުރުމަށް ރަށްތަކަށް ބޭނުންވާ 96 އެމްބިއުލާންސް ގެންނަން ސަރުކާރުން ވަނީ އެސްޓީއޯއާއި ހަވާލުކޮށްފައެވެ. ފިނޭންސް މިނިސްޓްރީ އާއި އެސްޓީއޯ އަދި ހެލްތު މިނިސްޓްރީއާ ދެމެދު މިިދިޔަ އަހަރުގެ ޖުލައި މަހުގެ 10 ވަނަ ދުވަހު މިކަމަށް ވެވިފައިވާ އެއްބަސްވުމުގެ ދަށުން މިހާތަނަށް ތިން ފަހަރެއްގެ މަތިން ރާއްޖެއަށް ވަނީ އެމްބިއުލާން ގެނެސްފައެވެ.
މިހާރު ރަށްތަކަށް ތިން ވަނަ ބެޗްގެ އެމްބިއުލާންސްތައް ފޮނުވަމުންދާއިރު، މި އެމްބިއުލާންސްތައް ރާއްޖެ ގެނެސްފައި ވަނީ މި މަހުގެ 8 ވަނަ ދުވަހު އެވެ. އެއީ 15 އެމްބިއުލާންސް އެވެ.
Additional ambulance units from the third batch are ready to be dispatched!
Thus, following islands will be received their respective ambulances soon ☺️
▫️AA. Feridhoo
▫️M. Mulah
▫️DH. Meedhoo
▫️DH. Maaenboodhoo
▫️L. Maabaidhoo
▫️L. Gan
▫️GA. Maamendhoo
▫️GDH. Vaadhoo pic.twitter.com/7zFxaLN8tP— STO (@stoplc) February 19, 2022
މީގެ ކުރިން ދެ ބުރެއްގައި 40 އެމްބިއުލާންސް ގެނެސްފައެވެ. އެގޮތުން ފުރަތަމަ 20 އެމްބިއުލެންސް ރާއްޖެ ގެނެސްފައިވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 23 ވަނަ ދުވަހުއެވެ. އަދި ދެވަނަ ބެޗްގެ 20 ގެނެސްފައިވަނީ އެ އަހަރުގެ ނޮވެމްބަރު މަހުގެ 29 ވަނަ ދުވަހުއެވެ.
Ambulances handed over to
Lh.kurendhoo.
K.kaashidhoo
Hdh.Kulhudhufushi
Ha.Baarah
Ha.Baarah @stoplc @MoHmv pic.twitter.com/Q68uHuD3DB— S H A T H S (@AmnaShath) February 19, 2022
ކުޅުދުއްފުށީ ސިޓީގެ އިތުރުން މިފަހަރު އެމްބިއުލާންސް ފޮނުވާ ބޮޑުތިލަދުންމަތީގެ ހއ. އަތޮޅުގެ ތިން ރަށަކީ، ހއ. ތުރާކުނާއި، ވަށަފަރާއި އަދި ބާރަށެވެ. އަދި ޅ. ކުރެންދޫ، ކ. ކާށިދޫ، އއ. ފެރިދޫ، މ. މުލައް، ދ. މީދޫ، ދ. މާއެނބޫދޫ، ލ. މާބައިދޫ، ލ. ގަން، ގއ. މާމެންދޫ އަދި ގދ. ވާދޫ އަށް ވެސް މިފަހަރު އެމްބިއުލާންސް ލިބޭނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!