މޫލީ މެދުވެރިކޮށް އެޕަލް ގިފްޓް ކާޑަކާއި ޕަބްޖީ ޔޫސީ ހޯދުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މި ފުރުސަތުގެ ދަށުން މޫލީ ގެ އީ2އެސް ޕްރޮޑަކްޓުތައް ގަންނަ ކަސްޓަމަރުންގެ ތެރެއިން ގުރުއަތުން އެއްވަނައަށް ހޮވާލެވޭ ނަސީބުވެރިއަކަށް 50 ޑޮލަރުގެ އެޕަލް ގިފްޓް ކާޑެއް ލިބޭއިރު ދެވަނައަށް 3850 ޕަބްޖީ ޔޫސީ ލިބޭނެއެވެ.

Ad
rt

މޫލީއަކީ އުރީދޫ މޯލްޑިވްސްގެ އީ ކޮމާސް ޕްލެޓްފޯމެވެ. މި ޕްލެޓްފޯމުގެ ދަށުން ލިބެން ހުންނަ އީ2އެސް ޕްރޮޑަކްޓުތަކަކީ ޑިޖިޓަލް ކާޑާއި ގޭމިން ކަރަންސީގެ ބާވަތްތަކެވެ. މީގެ ތެރޭގައި ނެޓްފްލިކްސް އާއި އެޕަލް އާއި ޕްލޭސްޓޭޝަނާއި މައިކްރޮސޮފްޓް ފަދަ ކުންފުނިތަކުގެ ގިފްޓް ކާޑާއި ޕަބްޖީ ޔޫސީ ފަދަ ގޭމް ކަރަންސީ ހިމެނެއެވެ.

މުޅި ރާއްޖެއަށް ހުޅުވާލައިގެން ހިންގާ މި ޕްރޮމޯޝަން ކުރިއަށްދާނީ މި މަހުގެ 28ގެ ނިޔަލަށެވެ.

މޫލީ އަކީ ރާއްޖޭގެ ކޮންމެ ރަށެއްގައި ހުރެގެންވެސް ވިޔަފާރި ކުރެވޭ ޕްލެޓްފޯމެކެވެ. މި ޕްލެޓްފޯމުގެ ދަށުން ގިނަ އަދަދެއްގެ ސާމާނު ލިބެން ހުރެއެވެ.