ނ. މިލަދޫގައި ފުލުހެއްގެ ސައިކަލުގައި ރޯކޮށްލި މައްސަލާގައި ތުހުމަތުވާ ބަޔަކު ހައްޔަރު ކޮށްފިއެވެ.
ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، އެމައްސަލާގެ ތުހުމަތުގައި ހައްޔަރު ކުރީ ތިން ދިވެހި ފިރިހެނުން ކަމަށެވެ.
އެ މީހުން ހައްޔަރު ކުރީ ކޯޓު އަމުރެއްގެ ދަށުންނެވެ. އެއީ 22 އަހަރުގެ މީހަކާއި، 27 އަދި 31 އަހަރުގެ މީހެކެވެ.
ފުލުސް މީހާގެ ސައިކަލުގައިއަލިފާން ރޯކޮށްލާފައި ވަނީ ރޭގައެވެ.
އެ ހާދިސާ ހިނގާފައި ވަނީ މިލަދޫގައި މަސްތުވާ ތަކެތީގެ ވިޔަފާރި ކުރަން އުޅުނު މީހެއް ހުއްޓުވުމުން، އެމީހާ ހުއްޓުވި ފުލުސް އޮފިސަރަށް އިންޒާރުދީފައި ވަނިކޮށް ކަމަށް ފުލުހުން ކުރިން ވަނީ ވިދާޅުވެފައެވެ.
ފުލުހުން ދަނީ މި މައްސަލަ ތަހުގީގު ކުރަށްވަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!