ރައީސުލްޖުމްޙޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙް، މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީއަށް ކޮމިއުނިކޭޝަން ޑިރެކްޓަރެއް އައްޔަނު ކުރަށްވައިފިއެވެ.
އެ މަގާމަށް އައްޔަނު ކުރަށްވާފައި ވަނީ، ސީއެންއެމް އަދި ރާއްޖެ ޓީވީގައި ކުރިން މަސައްކަތްކުރެއްވި ޙައްވާ މުޙައްމަދެވެ.
ކޮމިއުނިކޭޝަން ޑިރެކްޓަރުގެ މަގާމަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ޅ) އިން ރައީސުލްޖުމްހޫރިއްޔާގެ މަގާމުގެ ވާޖިބު އަދާކުރެއްވުމަށްޓަކައި ބޭނުންފުޅުވާ މަގާމުތަކަށް މީހުން އައްޔަންކުރެއްވުމަށް، ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން އައްޔަންކުރާ ސިޔާސީ މަގާމެކެވެ.
ކޮމިއުނިކޭޝަން ޑިރެކްޓަރުންގެ މުސާރައަކީ 15،000 ރުފިޔާއެވެ. އަދި ލިވިން އެލަވަންސްގެ ގޮތުގައި 10،000 ރުފިޔާ ލިބޭއިރު، ފޯން އެލަވަންސްގެ ގޮތުގައި 500 ރުފިޔާވެސް ލިބޭނެއެވެ.
ހައްވާ މުހައްމަދަކީ މީޑިއާގެ ދާއިރާގައި ނުވަ އަހަރު މަސައްކަތް ކުރައްވާ އެކަމުގެ ތަޖުރިބާ ހުންނެވި މަޝްހޫރު ނޫސްވެރިއެއް އަދި ޕްރެޒެންޓަރެކެވެ. އަދި ހައްވައަށް ވަނީ ބައިނަލްއަގްވާމީ އެ ވޯޑެއް ވެސް ލިބިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!