ހދ. އަތޮޅުގެ ހުރިހާ ރަށަކުން ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި 2022 ވަނަ އަހަރުގެ ކައުންސިލް ބަޖެޓް ފާސްކޮށް އެ މަޢުލޫމާތު ހދ. އަތޮޅު ކައުންސިލަށް ހުށަހަޅާފައިވާ ކަމުގައި އެ ކައުންސިލުން ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގެ 19 ވަނަ މާއްދާގައި ވާ ގޮތުގެ މަތީން، ކައުންސިލަށް ލިބޭ އާމްދަނީއާއި އެކި ގޮތްގޮތުން ލިބޭ އެހީއާއި ނަގާ ލޯނަށް ބަލައިގެން ހިނގާ އަހަރުގެ ކައުންސިލް ބަޖެޓް ޖަނަވަރީ މަހުގެ 15 ގެ ކުރިން ފާސްކޮށް އެ މަޢުލޫމާތު އަތޮޅު ކައުންސިލަށް ހުށަހަޅަން ޖެހެއެވެ.

Ad
rt

މި މުއްދަތުގެ ތެރޭގައި ބަޖެޓް ފާސްކޮށް އަތޮޅު ކައުންސިލަށް ހުށަހަޅާފައިވާ ކައުންސިލްތަކުގެ ތެރޭގައި ހިމެނެނީ ހަނިމާދޫ ކައުންސިލް، ފިނޭ ކައުންސިލް، ނައިވާދޫ ކައުންސިލް، ހިރިމަރަދޫ ކައުންސިލް، ނޮޅިވަރަންފަރު ކައުންސިލް، ނެއްލައިދޫ ކައުންސިލް، ނޮޅިވަރަމް ކައުންސިލް، ކުރިނބީ ކައުންސިލް، ކުމުންދޫ ކައުންސިލް، ނޭކުރެންދޫ ކައުންސިލް، ވައިކަރަދޫ ކައުންސިލްގެ އިތުރުން މަކުނުދޫ ކައުންސިލެވެ.

ބަޔާންކުރެވިދިޔަ 12 ކައުންސިލުން ޤާނޫނީ ޒިންމާ އަދާކޮށްފައިވާތީ ހދ. އަތޮޅު ކައުންސިލުން ވަނީ އެ ކައުންސިލްތަކުގެ މަސައްކަތް ފާހަގަކޮށް ޝުކުރު އަދާކޮށްފައެވެ.