ވައިކަރަދޫއާއި ނޮޅިވަރަމުން އޮމިކްރޯން ކޭސްތައް ފެނިއްޖެ

ފޮޓޯ: އަޙްމަދު ފާރިސް
ފޮޓޯ: އަޙްމަދު ފާރިސް

ހދ. ވައިކަރަދޫއާއި އެއަތޮޅު ނޮޅިވަރަމުން އޮމިކްރޯން ވޭރިއަންޓްގެ ކޭސްތައް ފެނިފައިވާކަމަށް ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)އިން ވިދާޅުވެއްޖެއެވެ.

އެޗްއީއޯސީން މިއަދު ކުރިއަށް ގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އިބްރާޙީމް އަފްޒަލް ވިދާޅުވީ، އޮމިކްރޯނަށް ޓެސްޓް ކުރުމަށް މިހާތަނަށް 1196 ސާމްޕަލެއް ރާއްޖެއިން ބޭރަށް ފޮނުވިފައިވާ ކަމަށެވެ. އޭގެތެރެއިން 74 ސާމްޕަލެއް އޮމިކްރޯނަށް ޕޮޒިޓިވް ކަމަށް ވިދާޅުވިއެވެ.

އެންމެފަހުން އޮމިކްރޯން ހުރިތޯ ޓެސްޓްކުރަން ސާމްޕަލް ފޮނުވާފައި ވަނީ މިމަހުގެ 11 ގައެވެ. އެދުވަހު ފޮނުވި 100 ސާމްޕަލުން 51 ސާމްޕަލެއް އޮމިކްރޯނަށް ޕޮޒިޓިވްކަމަށް އޭނާ ވިދާޅުވިއެވެ. މިކަމުން އެ ވޭރިއަންޓް ފެތުރިގެންދާ ހަލުވިމިން އެނގިގެންދާ ކަމަށް ވެސް ވިދާޅުވިއެވެ.

މާލެ ސަރަހައްދު ފިޔަވައި އޮމިކްރޯން ކޭސްތައް ފެނިފައި ވަނީ ހދ. ވައިކަރަދޫ، ނޮޅިވަރަމްގެ އިތުރުން އައްޑޫ ސިޓީ، ކ. މާފުށި، ތުލުސްދޫ، ދ. ކުޑަހުވަދޫ، ފ. މަގޫދޫ، ލ. ގަން، އިސްދޫ އަދި މުންޑޫ އިންނެވެ.

ރާއްޖެއިން ފުރަތަމަ މި ވޭރިއަންޓް ފެނުނުކަމަށް ރިޕޯޓްކޮށްފައި ވަނީ މިދިޔަ ޑިސެމްބަރު މަހުގެ 5 ވަނަ ދުވަހުއެވެ. މި މިކޭސްއަކީ ސައުތު އެފްރިކާއިން ރާއްޖެއަށް ނޮވެމްބަރ 21 ގައި ޒިޔާރަތްކޮށްފައިވާ ޓުއަރިސްޓެކެވެ. މި ކޭސްގެ ވޭރިއަންޓާބެހޭ މައުލޫމާތު ލިބިފައި ވަނީ ވޭރިއަންޓް ދެނެގަތުމަށްޓަކައި ޖިނޯމިކް ސިކުއެންސިންގ ހެދުމަށް ރާއްޖެއިން ބޭރަށް 30 ނޮވެމްބަރގައި ފޮނުވުނު ސާމްޕަލްތައް ޓެސްޓުކުރުމުންކަމަށް އެޗްޕީއޭއިން ބުނެފަވެއެވެ.

ކޯވިޑްގެ އާ ވެރިއަންޓެއް ކަމުގައިވާ އޮމިކްރޯން އަކީ 'ޓޭރިއަންޓް އޮފް ކޮންސަރން' އެއް ކަމުގައި
ނޮވެމްބަރ 26 ވަނަ ދުވަހު ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިންވަނީ ކަނޑައަޅާފައެވެ.

ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހު ދެކުނުއެފްރިކާއިން ރިޕޯރޓްކޮށްފައިވާ އޮމިކްރޯން ވޭރިއަންޓަކީ މިހާތަނަށް ފެނިފައިވާ ވޭރިއަންޓްތަކަށްވުރެ ގިނަ މިއުޓޭޝަންތަކެއް ހިމެނޭ ވޭރިއަންޓެކެވެ. މިއީ އިތުރު ނުރައްކާތެރިކަމާ ކުރިމަތިވެދާނެ ވޭރިއަންޓެއްކަން ފާހަގަކޮށް މި ޓޭރިއަންޓާމެދު އިތުރު ސަމާލުކަން ދިނުމަށް އެޖަމްޢިއްޔާއިން ޑަބްލިޔުއެޗްއޯއިން ވަނީ ގޮވާލާފައެވެ. އަދި މިވޭރިއަންޓް ދެނެގަތުމަށް ޓެސްޓުކުރުމަށާއި ބަލި ފެތުރުމުން ރައްކާތެރިވުމުގެ ފިޔަވަޅުތައް ހަރުދަނާކުރުމަށް ވެސް އެޖަމިއްޔާއިން ވަނީ ގޮވާލާފައެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި