ހދ.ކުރިނބީ މެޖިސްޓްރޭޓް ކޯޓް އަދި ކުރިނބީ ކައުންސިލް އިދާރާގެ އޮފީހުގެ ތިޖޫރީ ފަޅާލައި އަގު ބޮޑު ބައެއް ތަކެތި ވަގަށް ނަގައިފިއެވެ.
ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި މިމައްސަލަ ފުލުހުންނަށް ރިޕޯޓް ކޮށްފައިވަނީ އިއްޔެގެ ވަގުތެއްގައެވެ.
އެގޮތުން ކައުންސިލް އިދާރާ އޮފީހުގެ ތިޖޫރީއިން -/1000 (އެއްހާސް ރުފިޔާ) ވަގަށް ނަގާފައިވާއިރު ކޯޓުގެ ތިޖޫރީއިން -/500 (ފަސްސަތޭކަ ރުފިޔާ) ވަގަށް ނަގާފާއިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މީގެ އިތުރުން ކައުންސިލް އިދާރާއިން ޑިޖިޓަލް ކެމަރާއަކާއި ކޯޓުން ލެޕްޓޮޕެއްވެސް ވަނީ ވަގަށް ނަގާފައެވެ.
ފުލުހުން އިތުރަށް ބުނެފައިވަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށާއި މިހާތަނަށް މިކަމާއި ގުޅިގެން އެއްވެސް މީހަކު ހައްޔަރު ކޮށްފައި ނުވާ ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!