ހއ. ދިއްދޫގައި އާންމުނަށް އުދަނގޫ ވާހެން ކަންކަން ހުރުމުން އެރަށު ރައްޔިތުން އެރަށުގެ ކައުންސިލާއި ބައްދަލުކޮށް ކަންބޮޑުވުން ފާޅުކޮށްފިއެވެ.
ދިއްދޫގެ ބައެއް ރައްޔިތުން ކައުންސިލާއި ބައްދަލުކޮށްފައިވަނީ ކުނިގޮނޑުގެ ސަބަބުން ދިމާވާ އުނދަގުލާއި، މަސް ކައްކާ ސަރަހައްދުން އަރާ ދުމުން ވަމުންދާ އުނދަގުލުގެ ސަބަބުންކަމަށްށާއި ދެކުނު ސަރަހައްދު ޕަމްޕް ސްޓޭޝަން މީހުންއުޅޭ ގެ ތަކާއި އިންވެގެން ހުރުމުން ދިމާވާ އުނދަގުލާއި، އެ ސަރަހައްދުގައި ހުރި ބަކަރި ކޮށީގެ ސަބަބުން ދިމާވާ އުނދަގުލުގެ ވާހަކަތަށް ކައުންސިލާއި ހިއްސާ ކުރުމަށްށެވެ.
އަދި މީގެ އިތުރުން ދިއްދޫ ގައި އަލަށް އިމާރާތް ކުރާ އިންޖީނުގެ ދެކުނު ސަރަހައްދަށް ބަދަލު ކުރުމަށް އުޅޭ ކަމުގެ އަޑުތަށް އިވެމުން ދާތީ، އެކަމުގެ ކަންބޮޑުވުން ފާޅުކުރުމުގެ ގޮތުންކަމަށް ވެސް ވަނީ މައުލޫމާތު ލިބިފައެވެ.
Ad
rt