ށ.މަރޮށީ އިޖުތިމާއީ މަރުކަޒުގައި އިންޑޯޖިމް ގާއިމްކުރުމާއި ފުޓްސަލްދަނޑުގެ ލައިޓްތައް އުސްކޮށްދޭނެ ފަރާތެއް ހޯދުމަށް މަރޮށި ކައުންސިލުން އިއުލާން ކޮށްފިއެވެ.

އެކައުންސިލުން އިއްޔެ ނެރެފައިވާ އިއުލާނެއްގައި ބުނެފައިވަނީ އެއިދާރާއިން ދޭ މަޢުލޫމާތާއި އެއްގޮތަށް އަމިއްލަތަކެތީގައި، މަރޮށީ އިޖުތިމާއީ މަރުކަޒުގެ އެތެރެއަށް ބައެއް ބަދަލުގެނައުމާއި، ފުޓްސަލްދަނޑުގެ ލައިޓްތައް އުސްކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާ ކަމަށެވެ.

Ad
rt

މިމަސައްކަތް ކުރުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން މިމަހުގެ 30 ވަނަދުވަހުގެ 13:00 އަށް އެއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު އަންނަ ފެބުރުވަރީ މަހުގެ 4 ވަނަދުވަހުގެ 13:00 އަށް އިދާރާއަށް އަންދާސީ ހިސާބު ހުށަހެޅުމަށް އެކައުންސިލުން ވަނީ އެދިލައްވާފައެވެ.

އަންދާސީހިސާބު ހުށައެޅުމުގެ ފުރުސަތު ހުޅުވާލާފައިވާނީ ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ.

މި މަސައްކަތާއި ގުޅިގެން އިތުރު މަޢުލޫމާތު ހޯއްދެވުމަށް ބޭނުންވާ ފަރާތްތަކުން ރަސްމީބަންދު ނޫން ދުވަސްތަކުގެ ރަސްމީގަޑީގައި އެއިދާރާގެ ނަންބަރު: 6540054 ފޯނަށް ގުޅުއްވުމަށް ކައުންސިލުން ވަނީ އެދިފައެވެ.