އައްޑޫ ހިތަދޫ ހިރާ ސްކޫލް ހިންގުމުގައި ދެމެހެއްޓެނިވި ތަރައްގީ އަށް އަމާޒު ކޮށްގެން ކުރާ މަސައްކަތަށް ޔޫއޭއީގެ "ޒައިދު ސަސްޓެނައިބިލިޓީ އެވޯޑް" ލިބިއްޖެއެވެ.

މި އެވޯޑު ހިރާ ސްކޫލަށް ލިބުނީ ދެކުނު އޭޝިއާގެ ގްލޯބަލް ހައި ސްކޫލް ކެޓަގަރީންނެވެ.

Ad
rt

ޒައިދު ސަސްޓެނައިބިލިޓީ އެވޯޑް ދިނުމަށް ޔޫއޭއީގައި އިއްޔެ ބޭއްވި ހަފުލާގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ. އެމަނިފާނު ވަނީ މި ކާމިޔާބީއަށް ހިރާ ސްކޫލަށް މަރުހަބާ ވިދާޅުވެފައެވެ.

ރައީސް ވިދާޅުވީ، ކުރިމަގުގައި ހިރާ ސްކޫލުން ނުކުންނަ ދަރިވަރުން ސަސްޓެއިނަބިލިޓީ ލީޑަރުންނަށް ވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

ޒައިދު ސަސްޓެނައިބިލިޓީ އެވޯޑަކީ ޔޫއޭއީގެ ބާނީ ޝައިހް ޒައިދު ބިން ސުލްތާން އަލް ނަޙްޔާންގެ ނަމުގައި ދޭ އެވޯޑެކެވެ.