އެކްސްޓްރީމިސްޓުން ހުއްޓުވުމުގައި ރާއްޖެވަނީ ނާކާމިޔާބުވެފަ: ހިޔުމަން ރައިޓްސް ވޮޗް

F256382A-AD42-4B02-8E7E-EE840E61E40D

ހައްދު ފަހަނައަޅާފައިވާ މީހުން ނުވަތަ އެކްސްޓްރީމިސްޓުން ހުއްޓުވުމުގައި ރާއްޖޭގެ ސަރުކާރު ނާކާމިޔާބުވެއްޖެ ކަމަށް ހިޔުމަން ރައިޓްސް ވޮޗުން ބުނެފިއެވެ.

އެ އިދާރާއިން ނެރުނު ރިޕޯޓެއްގައި ބުނީ އެކްސްޓްރީމިސްޓުންގެ ހަމަލާތަކުންނާއި ތްރެޓުތަކުން ނޫސްވެރިންނާއި އެކްޓިވިސްޓުން ރައްކާތެރި ނުކުރެވޭ ކަމަށެވެ. އަދި މީޑިއާގެ މިނިވަންކަން އިތުރުވިނަމަވެސް އެއްވެ އުޅުމުގެ މިނިވަންކަން ހަނިކޮށްފައިވާ ކަމަށް ވެސް ވަނީ ބުނެފައެވެ.

ވޮޗުގެ އެސޯސިއޭޓް އޭޝިއާ ޑިރެކްޓަރު ޕެޓްރިޝިއާ ގޯސްމަން ވިދާޅުވީ އެކްސްޓްރީމިސްޓުން ނުހުއްޓުވެނީ ޖުޑީޝަރީގެ ސަބަބުން ކަމަށެވެ. އެހެންވެ، ޖުޑީޝަރީ އިސްލާހު ކުރުމަށް މިއަހަރު އިސްކަމެއް ދޭން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މިދިޔަ އަހަރު ރައީސް ނަޝީދުއަށް އަމާޒުކޮށްގެން ދިން ހަމަލާއަކީ ވެސް އެކްސްޓްރީމިސްޓުންގެ ހަމަލާއެއްކަން ވަނީ ހާމަވެފައެވެ. އެހެންވެ، އެފަދަ މީހުންގެ ސަބަބުން ސިޔާސީ މީހުންނަށް ވަރަށް ބޮޑު ނުރައްކަލެއް އޮތް ކަމަށާއި އެކަން ހައްލު ކުރަން ފިޔަވަޅުތައް ވަރުގަދަ ކުރަން ވޮޗުން ވަނީ ލަފާ ދީފައެވެ.

ވޮޗުން ނެރުނު މި ރިޕޯޓުގައި ހިމެނޭ އިތުރު ކަންކަމުގެ ތެރޭގައި މީޑިއާގެ މިނިވަންކަން ހަނި ކުރުމަށް ސަރުކާރުން ކުރާ މަސައްކަތްތައް ވަނީ ކުށްވެރިކޮށްފައެވެ. އެގޮތުން، މަސްދަރު ހާމަ ކުރުމަށް ސަރުކާރުން ހުށަހަޅާފައިވާ ބިލަކީ މީޑިއާގެ މިނިވަންކަން ގެއްލޭނެ ބިލެއް ކަމަށާއި އަންހެނުންނާއި ކުޑަކުދިންނަށް ކުރާ އަނިޔާއާ ދެކޮޅަށް ކުރާ އިހުތިޖާޖުތައް ހުއްޓުވުމާ ދެކޮޅަށް ވެސް ވަނީ ވާހަކަ ދައްކާފަ އެވެ.

މީގެ އިތުރުން ގެއްލުވާލާފައިވާ މީހުންނާއި މަރާލާފައިވާ މީހުންގެ ކޮމިޝަނުން ފާއިތުވި އަހަރުތަކުގައި އެއްވެސް ކަމެއް ކޮށްފައި ނުވާ ކަންވެސް މި ރިޕޯޓުގައި ވަނީ ފާހަގަ ކޮށްފައެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published.