ހަންނާނުގެ މާލޭ ކެމްޕޭން ޖަގަހަ ހުޅުވައިފި

FB_IMG_1642097445129

މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ޓިކެޓްގައި ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންއަށް ކުރިމަތިލާފައިވާ ކެންޑިޑޭޓް އަބުދުލް ޙަންނާނު އިދުރީސްގެ މާލޭ ކެމްޕޭން ޖަގަހަ މިރޭ ހުޅުވައިފިއެވެ.

މި ޖަގަހަ ހުޅުވައިދެއްވީ މިރޭ ބޭއްވި ހާއްސަ ހަފްލާއެއްގައި އެންއެންޕީގެ ރައީސް، ދަނގެތީ ދާއިރާގެ މެންބަރު މުޙައްމަދު ނާޒިމާއި، ކެންޑިޑޭޓް ހަންނާނެވެ.

މި ހަފްލާގައި އެމްއެންޕީގެ ލީޑަރޝިޕާއި، ހަންނާނުގެ ސަޕޯޓަރުން ވަނީ ބައިވެރިވެފައެވެ.

މިޖަގަހަ ހުޅުވުމުން މާލޭ ސަރަހައްދުގެ ކެމްޕޭން ހަރަކާތްތަކުގެ ދުވެލި ވަރަށް ހަލުވިކުރެވިގެންދާނެ ކަމަށް ހަންނާނުގެ ކެމްޕޭން އޮފީހުން ފާހަގަ ކުރައްވައެވެ. އަދި ހަންނާނާއި ބައްދަލުކުރަން ބޭނުންވާ ބޭފުޅުންނަށް އެއިންތިޒާމް ހަމަޖެހިގެންދާނެ ކަމަށް ވެސް އެ އޮފީހުން ވިދާޅުވެއެވެ.

ކެންޑިޑޭޓު ނަމްބަރު 3، ހަންނާނަކީ ކޮމަންޑޫއަށް ނިސްބަތްވެ ވަޑައިގަންނަވާ ބޭފުޅެކެވެ.

ތައުލީމީ ދާއިރާގައި ގިނަ އަހަރުތަކެއް ވަންދެން މަސައްކަތްކުރުމަށްފަހު މިހާރު ހަންނާނަކީ އަމިއްލަ ވިޔަފާރީގައި އުޅުއްވާ ބޭފުޅެވެ. އެމްއެންޕީ އުފެއްދުމަށް އެންމެ ފުރަތަމަ ސޮއި ކުރެއްވި ބޭފުޅުންގެ ތެރޭގައި ވެސް ހަންނާން ހިމެނެއެވެ.

ހަންނާން ވަނީ 2013 އިން 2019 އަށް ވިލާ ކޮލެޖުގެ ޝަރީއާ އެންޑް ލޯ ފެކަލްޓީގެ މެނޭޖަރެއްގެ މަގާމު އަދާކުރައްވައިފައެވެ. އަދި ހދ. ހަނިމާދޫ ސުކޫލާއި ރ. އިނގުރައިދޫ ސޫކޫލާއި ނ. މާފަރު ސުކޫލާއި ރ. ހުޅުދުއްފާރު ސުކޫލުގެ އިތުރުން ށ. އަތޮޅު ތައުލީމީ މަރުކަޒުގެ ޕްރިންސިޕަލް ކަން ކުރައްވާފައިވެއެވެ.

ހަންނާނު މާލޭ ކެމްޕެއިން ޖަގަހަ މިރޭ ހުޅުވިއިރު، އެ ދާއިރާގެ ތިން ރަށުގައި ވެސް ކުރިން ވަނީ ޖަގަހަތައް ހުޅުވާފައެވެ.

ކޮމަންޑޫ ދާއިރާގެ ގޮނޑި ހުސްވީ އެ ދާއިރާގެ މެންބަރު ހުސައިން ވަހީދު މިދިޔަ މަހުގެ 13 ވީ ހޯމަދުވަހުގެ ރޭ އަވަހާރަވުމާ ގުޅިގެންނެވެ.

އެ ގޮނޑިއަށް މެންބަރަކު އިންތިޚާބުކުރުމަށް ބާއްވާ ރައްޔިތުންގެ ބައި-އިލެކްޝަން ބާއްވަން އީސީއިން ނިންމާފައި ވަނީ، 2022 ފެބުރުވަރީ 05 ވާ ހޮނިހިރު ދުވަހު އެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

Share on facebook
Share on twitter
Share on linkedin
Share on telegram
Share on whatsapp
Share on email

ހިޔާލު ދެއްވާ!

Your email address will not be published.

ގުޅުންހުރި