ރައްޔިތުންގެ މަޖިލީހުގައި ކޮމަންޑޫ ދާއިރާގެ އަޑުއިއްވަން އެންމެ ފައްކާ ބޭފުޅަކީ އަލްއުސްތާޛު މޫސާ ފަތުހީކަމަށް ކުރީގެ ރައީސް ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމު ވިދާޅުވެއްޖެއެވެ.

ރައީސް ޔާމިން މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައިއިލެކްޝަނުގައި ޕީޕީއެމްގެ ފަރާތުން ވާދަކުރައްވާ މޫސާ ފަތުހީ އަށް ތާއީދު ހޯއްދެވުމަށް ކޮމަންޑޫ ދާއިރާގެ ރަށްތަކަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި ށ. ކޮމަންޑޫ ގައި ކުރިއަށްދިޔަ ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

Ad
rt

ރައީސް ޔާމިން އާއި އެކު އިދިކޮޅު އިއްތިހާދުގެ ލީޑަރުންގެ ޓީމެއްވެސް ވަނީ މިދަތުރުގައި އެދާއިރާއަށް ވަޑައިގެންފައެވެ. އެދާއިރާއިން އިދިކޮޅުގެ ޓީމަށް ހޫނު މަރުހަބާއެއް ވަނީ ދަންނަވާފަ އެވެ.

އެ ޖަލްސާއެއްގައި ވާހަކަދައްކަވަމުން ރައީސް ޔާމީން އިތުރަށް ވިދާޅުވީ މަޖިލީހަށް ހޮވިވަޑައިގަންނަވާ މެންބަރުންނަކީ ސާފުކޮށް ރައްޔިތުންނާއި ޤައުމުގެ ޙައްޤުގައި ވަކާލާތުކުރައްވާ ބޭފުޅަކަށް ވާންވާނެ ކަމަށެވެ.

" ފަތުހީއަކީ މި ވަގުތު ރައްޔިތުންގެ މަޖިލީހުގައި އިންނަވަން އެންމެ އެކަށީގެންވާ ބޭފުޅާ، ރައްޔިތުންގެ މަޖިލީހަކީ ވަރަށް ހައްސާސް މުހިއްމު މަސައްކަތްތަކެއް ކުރަންޖެހޭ ތަނެއް، ދާއިރާގެ ރައްޔިތުންގެ ޝުއޫރު އެއްވެސް އޮޅުމެއް ނެތި ހިއްސާކުރައްވާ ބޭފުޅުންނަށް އެ ބޭފުޅުންވާންވާނެ"

ރައީސް ޔާމީން ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ޔާމިން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހަކީ ޒިންމާތަކެއް ބޮޑެތި ޒިންމާތަކެއް އެކުލެވޭ މަޖިލީހަކަށް ވާތީ، ދާއިރާގައި ހުރި ހައްސާސް މައްސަލަތަކާ ޤައުމު މިސްރާބުން ކައްސައިލާނަމަ، އަދި ފާރަވެރިވާންޖެހޭ ބޮޑެތި މައްސަލަތަކުގައި ސަރުކާރަށް ލަފާދޭ މަޖިލީހެއްކަމަށެވެ.

ރައީސް ޔާމިންގެ ޒައާމަތުގައި ކޮމަންޑޫގެ ތަރައްޤީއަށްޓަކައި ކުރެއްވި މަސައްކަތުގެ ވާހަކަދައްކަވަމުން ރައީސް ޔާމީން ފާހަގަކުރެއްވީ ކޮމަންޑޫ ދާއިރާއަށް އެމަނިކުފާނުގެ ވެރިކަމުގައި ކަންކަން ކުރެއްވި ކަމަށެވެ.

އެގޮތުން 90 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކޮމަންޑޫގެ ބިމަށް އިތުރު ބައެއް އިތުރުކޮށްފައިވާ ކަން ފާހަގަ ކުރެއްވި އެވެ.