ބީބީސީ މެދުވެރިކޮށް ރާއްޖެ އިޝްތިހާރު ކުރަން އެމްއެމްޕީއާރުސީން އެއްބަސްވުމެއްގައި ސޮއި ކޮށްފިއެވެ.
އެމްއެމްޕީއާރްސީ އާއި ބީބީސީ ގްލޯބަލް ނިއުސްއާ ދެމެދު ވެވުނު މި އެއްބަސްވުމުގައި އެ ކޯޕަރޭޝަނުގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ތޮއްޔިބް މުހައްމަދެވެ. ބީބީސީ ގްލޯބަލް ނިއުސްގެ ފަރާތުން ސޮއިކުރެއްވީ ބީބީސީ ސްޓޫޑިއޯސްގެ ކޮމާޝަލް އޮޕަރޭޝަންސްގެ ސީނިއާ ވައިސް ޕްރެޒިޑެންޓް ނިކް ކާލްޓަންއެވެ.
މިއީ އިނަލްއަގުވާމީ ފެންވަރުގައި ރާއްޖެ އިޝްތިހާރުކުރުމަށް ގެންގުޅޭ މާކެޓިން ސްޓްރެޓަޖީއާ ގުޅުވައިގެން އެމްއެމްޕީއާރުސީން ކުރިއަށްގެންދާ ކެމްޕެއިނެކެވެ. މި ކެމްޕެއިނަކީ އާ އާންމު ހާލަތުގައި ރާއްޖެއަކީ ފަތުރުވެރިން ބޭނުންވާ ރައްކާތެރިކަމާއި އެފަދަ ހާލަތާ ގުޅޭ އެކި ހިދުމަތްތައް ފޯރުކޮށްދޭ މަންޒިލެއްގެ ގޮތުގައި މާކެޓް ކުރުމުގެ ބޭނުމުގައި ހިންގާ ކެމްޕޭނެކެވެ.
އެމްއެމްޕީއާރުސީން ބުނީ، ބީބީސީއާއެކު ސޮއިކުރި އެއްބަސްވުމުގެ ދަށުން މިއަހަރުގެ މާޗް މަހުގެ ނިޔަލަށް ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކާއި ތަންތަން އަދި ސަގާފަތް އެކި ބާވަތުގެ ކޮންޓެންޓް މެދުވެރިކޮށް ބީބީސީގެ ޑިޖިޓަލް އަދި ބްރޯޑްކާސްޓިން ޕްލެޓްފޯމްތަކުގައި ގެނެސްދޭނެ ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!