ކޮމަންޑުއާއި މަތިކޮމަންޑޫ ގުޅާލުމުގެ މަސައްކަތް ހަފުތާއެއްގެ ތެރޭގައި ފެށޭނެ: ރައީސް

Raees Solih-MDP komandoo Jalsa

ށ. ކޮމަންޑުއާއި މަތިކޮމަންޑުއާ ގުޅާލުމުގެ މަސައްކަތް ކުރިއަށް އޮތް ހަފުތާއެއްގެ ތެރޭގައި ފެށޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ ކެނޑިޑޭޓް، އިބްރާހިމް ރާޝިދު (ރާޑޯ)ގެ ކެމްޕެއިން ލޯންޗުކުރުމަށް ރޭ ބޭއްވި ޖަލްސާގައެވެ. ރައީސް ކޮމަންޑޫއަށް ވަޑައިގަތީ އިއްޔެއެވެ. މި ޖަލްސާގައި ރައީސްގެ އިތުރުން ކުރީގެ ރައީސް ރައީސް ނަޝީދާއި އެމްޑީޕީގެ އިސްވެރިން ބައިވެރިވެވަޑައިގެންވިއެވެ.

ރައީސް ވިދާޅުވީ، ކޮމަންޑޫ ދާއިރާގައި ހިމެނޭ ކޮމަންޑުއާއި ފޯކައިދުއާއި މަރޮއްޓަށް ކުރީގެ ސަރުކާރުތަކުން ވަރަށް ބޮޑަށް އިހުމާލުވެފައިވާ ކަމަށެވެ. އަދި ކޮމަންޑޫ ދާއިރާގެ ތަރައްގީއަށް މަސައްކަތް ކޮށްދެމުން އަންނަނީ އެމްޑީޕީގެ ސަރުކާރުން ކަމަށް ވިދާޅުވިއެވެ.

ކޮމަންޑުއަށް މިހާރު ކުރިމަތިވެފައި އޮތް އެންމެ ބޮޑު މައްސަލައަކީ ބޯހިޔާވަހިކަމުގެ ދަތިކަން ކަމަށް ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ އެ މައްސަލަ ހައްލުކުރުމަށް މިސަރުކާރުން މަސައްކަތް ކޮށްދެއްވާނެ ކަމަށެވެ. އެގޮތުން ކޮމަންޑޫގެ ހިއްކި ބިމުން ވަރަށް އަވަހަށް ގޯތި ދޫކުރަން ފަށައި، ބޯހިޔާވަހިކަމުގެ ދާއިމީ ހައްލަކަށް މަތިކޮމަންޑުއާއި ކޮމަންޑު ގުޅާލާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

މަތިކޮމަންޑުއަކީ ކޮމަންޑުއާ އެއް ފަޅެއްގައި އޮންނަ ރަށެކެވެ. ދެ ރަށަ އެއްކޮށްލުމަކީ ކޮމަންޑޫ ގިނަ ބަޔަކު އެދޭ ކަމެކެވެ.

ރައީސް އިތުރަށް ވިދާޅުވީ، ފޯކައިދޫގެ ބޯހިޔާވަހިކަމަށް ހައްލެއް ގެނެސްދިނުމަށް އެރަށުގެ ޗަކަބިމަށް ފަސް އަޅައި އެތަނުން ގޯތި ދޫކުރެވޭ ގޮތް ހަމަޖައްސައިދެއްވާނެ ކަމަށެވެ. އަދި މަރޮށީގެ ބަނދަރުގެ މަސައްކަތް އަންނަ ހަފުތާގައި ފަށާނެ ކަމަށްވެސް ވިދާޅުވިއެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި