ހއ. ދިއްދޫގައި ތިއްބަވާ ފުލުހުންނާއި އެރަށު ކައުންސިލުން ގުޅިގެން އެރަށު ސްވިމިންޓްރަކް ސާފުކުރުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ.
"ތިލަދުން" އަށް މައުލޫމާތު ދެއްވަމުން ދިއްދޫ ކައުންސިލްގެ ރައީސް އަބްދުﷲ ރަޝީދު ވިދާޅުވީ މި ހަރަކާތަކީ މި ފެށޭ ޖެނުއަރީ މަހުގެ 2 ވަނަ ދުވަހު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މޫދު ކުޅިވަރުތަކަށް ތައްޔާރު ވުމުގެ ގޮތުން ކުރިއަށް ގެންގޮސްފައިވާ ހަރަކާތެއް ކަމަށެވެ.
އެގޮތުން މި ކުޅިވަރުތަކަށް ތައްޔާރު ވުމުގެ ގޮތުން ރަށުގެ އެހެނިހެން މުއައްސަސަތަކާއި ގުޅިގެން ރަށުތެރެ ސާފު ކުރުމުގެ ޕްރޮގްރާމެއް ވެސް ކުރިއަށް ގެންގޮސްފައިވާނެ ކަމަށް ރަޝީދު ފާހަގަ ކުރެއްވިއެވެ.
ދިއްދޫ ކައުންސިލުން ވިދާޅުވެފައިވާ ގޮތުގައި މިފަދަ ހަރަކާތްތަކެއް ހިންގުމުގެ އެންމެ ބޮޑު މަގްސަދަކީ އާއްމު ރައްޔިތުންގެ މެދުގައި އޮންނަ އެކުވެރިކަމާއި އެއްބައިވަންތަކަން އާލާކުރުމެވެ.
މީގެ އިތުރުން މި ހަރާކާތްތަކުގައި ވީހާވެސް ގިނަ ފަރާތްތަކުން ބައިވެރިވެޑައިގަތުމަށް އެ ކައުންސިލުން ވަނީ އެދިލައްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!