ލ. އިސްދޫ، ކަލައިދޫ އަދި ދަނބިދޫގެ މަރުކަޒީ އިންޖީނުގޭގެ ބިންގާ އަޅައިފިއެވެ.

އިއްޔެ ކަލައިދޫގައި ބޭއްވި ރަސްމިއްޔާތެއްގައި މި އިންޖީނުގޭގެ ބިންގާ އަޅުެއްވައި ދެއްވީ ފެނަކަ ކޯޕަރޭޝަމުގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު އާއި ގަމު ދާއިރާގެ މެންބަރު މުހައްމަދު ވިސާމާއި ކަލައިދޫ ކައުންސިލް ރައީސް އަހުމަދު ޝިޔާމް އަދި ދަނބިދޫ ކައުންސިލް ރައީސް އިބްރާހިމް މިމްރާހުއެވެ.

Ad
rt

ތިން ރަށް ކަރަންޓުގެ އެއް ވިއުގައަކުން ގުޅުވާލުމުގެ މަސައްކަތް ފަށާފައިވާއިރު މަރުކަޒީ އިންޖީނުގެ ހުންނާނީ ކަލައިދޫގައެވެ.

މި އިންޖީނުގެއިން 1.2 މެގަވޮޓްގެ ކަރަންޓު ފޯރުކޮށްދޭނެއެވެ. އެގޮތުން މި އިންޖީނުގޭގައި ބެޓެރީ ރޫމަކާއި ކޮންޓްރޯލް ރޫމެއްގެ އިތުރުން ޓެކްނިކަލް އޮފީހަށް ހާއްސަ ބައެއް ހަދާނެއެވެ.

ލ އަތޮޅުގެ ކަރަންޓުގެ ހިދުމަތް އެއް ވިއުގައަކުން ގުޅާ ލުމުގެ މަސައްކަތް ފެނަކައިން ފެށީ މިދިޔަ އަހަރުއެވެ. މި ޕްރޮޖެކްޓަށް ގާތްގަނޑަކަށް 40 މިލިއަން ރުފިޔާގެ ހަރަދުވާނެ ކަމަށް އެކުންފުނިން ލަފާ ކުރެއެވެ.