ހދ. ހިރިމަރަދޫ ސްކޫލާއި، ށ. ގޮއިދޫ ސްކޫލް ހިމެނޭހެން 6 ސުކޫލަކަށް ޕްރިންސިޕަލުން ހޯދަން ޢިއުލާންކޮށްފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިއަދު ކުރެއްވި އިއުލާނެއްގައި ވިދާޅުވެފައިވާ ގޮތުން އެ ދެރަށުގެ ސްކޫލްތަކުގެ އިތުރުން ދެން ޕްރިންސިޕަލުން ހޯދަނީ ގއ. ކޮނޑޭ ސްކޫލާއި ވާދޫ ޖަމާލުއްދީން ސްކޫލާއި މ. އަތޮޅު ތައުލީމީ މަރުކަޒުގެ އިތުރުން ނ. މަގޫދޫ ސްކޫލަށް ކަމަށެވެ.

Ad
rt

ޕްރިންސިޕަލްކަމުގެ ތަފާތު ހަތް ރޭންކެއް ހިމެނޭއިރު އެންމެ ދަށް ރޭންކުން އެ މަގާމަށް ހޮވޭ މީހަކަށް ވެސް އަސާސީ މުސާރައިގެ ގޮތުގައި 6295 ރުފިޔާ ކަނޑައަޅާފައިވައިރު އެ ރޭންގެ ޕްރިންސިޕަލަކަށް ސާރވިސް އެލަވަންސްގެ ގޮތުގައި 2500 ރުފިޔާ އަދި ކޯ ސަޕޯޓިން އެލަވަންސްގެ ގޮތުގައި 900 ރުފިޔާ ކަނޑައަޅާފައިވެ އެވެ.

ޕްރިންސިޕަލުންގެ އެންމެ މަތީ ރޭންކަށް ކަނޑައަޅާފައިވާ އަސާސީ މުސާރައަކީ 15560 ރުފިޔާ އެވެ. އަދި އެ ރޭންގެ ޕްރިންސިޕަލަކަށް ސާރވިސް އެލަވަންސްގެ ގޮތުގައި 2500 ރުފިޔާ އަދި ކޯ ސަޕޯޓިން އެލަވަންސްގެ ގޮތުގައި 1500 ރުފިޔާ ކަނޑައަޅާފައިވެ އެވެ.

ޕްރިންސިޕަލުންނަށް މުސާރައި އެލަވަންސްގެ އިތުރުން ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާއާއި، ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަނާއި، ހަމަޖެހިފައިވާ ގޮތުގެ މަތިން ޓެނުއަރޝިޕާއި، ހަމަޖެހިފައިވާ ގޮތުގެ މަތިން ފޯން އެލަވަންސްގެ އިތުރުން ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ހިދުމަތް ހަމަޖެހިގެންދާނެއެވެ.

ޕްރިންސިޕަލަކަށް ޓެކްނިކަލް ކޯ އެލަވަންސް ހަމަޖެހިއްޖެނަމަ، ޓެކްނިކަލް ކޯ އެލަވަންސްގެ ގޮތުގައި މަހަކު މުސާރައިގެ %28 ލިބޭނެއެވެ. އަދި ޓެކްނިކަލް ކޯ އެލަވަންސް ހަމަނުޖެހިއްޖެނަމަ ސަޕޯޓިންގް ކޯ އެލަވަންސް ގޮތުގައި އުސޫލާއި އެއްގޮތަށް ސަޕޯޓިންގ ކޯ އެލަވަންސް 2 ހަމަޖައްސައިދޭނެއެވެ.

ބިދޭސީން ތިބި މަގާމުތަކަށް ދިވެހި ޓީޗަރުންނާއި ދިވެހި ޕްރިންސިޕަލުން ހޯދުމަށް މިނިސްޓްރީއިން އަންނީ ދޭތެރެދޭތެރެއިން އިޢުލާން ކުރަމުންނެވެ. މިމަޤާމްތަކަށް ދިވެހިން ނުލިބޭ މައްސަލަ ވަނީ ކުރިމަތިވެފަ އެވެ