ފްރާންސް އިން ޕެރިސްގެ ބޭރުގެ ސަރަޚައްދެއްގައި އިލެކްޓްރިކް އެއާ ޓެކްސީގެ އަޖުމަ ބަލައި ކުރިއަށް އޮތް އޮލިމްޕިކް ގޭމްސްގައި ބޭންނުންކުރާނެ ފްލައިންގ ޓެކްސީ ރޫޓެއް ތައްޔާރުކުރުމަށް ތައްޔާރުވާކަމަށް ހާމަކޮށްފިއެވެ.

އެއިރޯ ޕޯޓްސް ދި ޕެރިސްއިން ހާމަކޮށްފައިވާ ގޮތުގައި އޮލިޕްޕިކްސްގެ އެތްލީޓުންގެ ޚަރަކާތްތައް ދެއްކުމަށް ޕެރިސްގެ ބޮޑު ސިޓީގައި ދެ ރޫޓެއް ބޭނުންކުރުމަށް ނިންމާފައިވާކަމަށް ބުނެފައިވެއެވެ.

Ad
rt

އެއް ރޫޓަކީ ޗާލްސް ދި ގާލޭ އަދި ލެ ބަގެޓް އެއާޕޯޓްއާއި ގުޅުވައިދޭ ރޫޓެކެވެ. ދެވަނަ ރޫޓުން ގުޅިފައިވާނީ މުޅި ސިޓީގެ ތެރެއާއި ދެކުނު ހުޅަނގުގެ ސަރަޚައްދުތަކެވެ.

ޓެސްޓް ބުރުތަކުގައި ޖުމަލަ 30 ފްލައިންގް ޓެކްސީ ބޭނުންކުރުމަށް ހަމަޖެހިފައިވާކަމަށްވެސް އެއިއޯ ޕޯޓްސް ދި ޕެރިސްއިން ހާމަކޮށްފައިވެއެވެ.

އަދި ޕެރިސްއިން އަންނަނީ ލަންޑަންގެ ސްކައިޕޯޓްސް އަކާއި އެކު ފްލައިންގް ޓެކްސީތަކާއި ބެހޭ ކޮމާޝަލްއެއްވެސް ތައްޔާރުކުރަމުންނެވެ. "ވާޓިޕޯޓް" އިން ޔޫރަޕް ބޭނުންކޮށްގެން ހަދާ މި ކޮމާޝަލްގައި ކަރަންޓް އުދުހޭ ކާރާއި، ޑްރޯންގެ ޑެލިވަރީ ފަދަ މަޢުލޫމާތުތައް ހިމެނޭނެއެވެ.

ޑްރޯންސް އަދި އުދުހޭ ޓެކްސީތަކަށް އޮންނަ ޑިމާންޑް އިތުރުވަމުން ދާ ދިއުމާއި ގުޅިގެން އާބަން އެއާ ޕޯޓްސްއިން އަންނަނީ 65 އާބަން އެއާޕޯޓް މުޅި ދުނިޔޭގެ އެކި ހިސާބުތަކުގައި ހެދުމަށްވެސް މަޝްވަރާތައް ކުރަމުންނެވެ.

ކޮންމެ އޮލިމްޕިކްސްއެއްގައިވެސް އެތްލީޓުން ދަނީ ތަފާތު ޚަރަކާތްތައް ދައްކާލަމުންނެވެ.