ށ. މިލަންދޫ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރާއިރު ތާރު އެޅުމުގެ ކުރިން ގާއިމްކުރަން ޖެހޭ ފެންހިންދާ ނިޒާމު ގާއިމްކުރަން ބޭނުންވާ ތަކެތި އެރަށަށް ގެންގޮއްސި އެވެ.
މިދިޔަ އަހަރު ޑިސެމްބަރ މަހު ފަށާފައިވާ މި މަޝްރޫޢު އަކީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އިން ކުރިއަށް ގެންދާ މަސައްކަތެކެވެ.
156.4 މިލިއަން ރުފިޔާގެ މަޝްރޫޢު ދަށުން ޖުމްލަ 6.15 ކިލޯމީޓަރުގެ މަގު ޒަމާނީ ފެންވަރަށް ތަރައްޤީ ކުރެވިގެންދާނެ އެވެ.
ޕްލޭނިންގް މިނިސްޓްރީގެ ފަރާތުން މިލަންދޫ މަގުހެދުމުގެ މަޝްރޫއު އާރުޑީސީ އާއި ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ މާރޗް މަހުގެ 12 ވަނަ ދުވަހުއެވެ. އެއީ 520 ދުވަހުގެ ތެރޭގައި މި މަސައްކަތް އެކީ ނިންމާ ގޮތަށް އެއްބަސް ވެވިގެންނެވެ.

އެގޮތުން މި މަޝްރޫޢުގެ ދަށުން އެރަށުގެ 8 މަގެއްގައި ތާރު އަޅާ ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމަށް ވަނީ ހަމަޖެހިފައެވެ.
2500 އަށް ވުރެ އާބާދީ ބޮޑު މިލަންދޫގެ ރައްޔިތުންނަށް ދިމާވެފައިވާ އެންމެ ބޮޑު ދަތިކަމަކީ އެރަށުގެ މަގުތަކުގައި ފެންބޮޑު ވުމުގެ މައްސަލައެވެ. ނަމަވެސް މަގު ހެދުމުގެ މި މަޝްރޫޢު ނިމުމާއެކު ރަށުގެ ރައްޔިތުންގެ ވަރަށް ބޮޑު އުއްމީދެއް ފުރިހަމަ ވެގެންދާނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!