ހއ. ހޯރަފުށީގައި އަލަށް ގާއިމް ކުރެވުނު އައިސްޕްލާންޓް ހުޅުވައިފިއެވެ.
ހޯރަފުށީ ކައުންސިލްއިން މައުލޫމާތު ދީފައިވާ ގޮތުގައި، މި މަޝްރޫޢު ކުރިއަށް ގެންގޮޮސްފައި ވަނީ އަމިއްލަ ވިޔަފާރިއެއް ކަމަށްވާ ޗަމްޕާ ބްރަދާސް ގެ އިސްވެރިޔާ މުހައްމަދު މޫސާ (އުއްޗު) ގެ ދީލަތި އެހީތެރިކަމާއި އެކު އެ ކައުންސިލާއި މިފްކޯ ގުޅިގެންނެވެ.
އެރަށުގެ އައިސްޕްލާންޓް ގާއިމް ކުރުމުގެ އެއްބަސްވުމުގައި ސޮއި ކޮށްފައިވަނީ މިއަހަރުގެ ޖެނުއަރީ މަހުގެ 27 ވަނަ ދުވަހުއެވެ.
4.2 މިލިއަން ރުފިޔާގެ މި މަޝްރޫއު ނިމި މިއަދު އެޚިދުމަތް ރަށުގެ ރައްޔިތުންނަށް ދޭން ފަށާފައިވާއިރު މި ކަމުގެ ސަބަބުން ރަށުގެ ކައިރި ހިސާބު ތަކުގެ ރަށް ރަށުން އަދި ދުރުންވެސް މަސްވެރިކަމުގައި އެރަށަށް އަންނަ ފަރާތްތަކަށް ވަރަށް ބޮޑު ފަސޭހައެއް ލިބިގެންދާނެ ކަމަށް ހޯރަފުށީ ދާއިރާގެ މަޖިލިސް މެމްބަރ އަހްމަދު ހަލީމް ވަނީ ފާހަގަ ކުރައްވާފައެވެ. އެބޭފުޅާ މިހެން ވިދާޅުވެފައި ވަނީ މި މަޝްރޫއުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
25 ޓަނުގެ މި އައިސް ޕްލާންޓްގެ މަސައްކަތް ފުރިހަމަ ގޮތުގައި ނިންމަވާދެއްވި ކަމަށްޓަކައި ހޯރަފުށި ކައުންސިލުން ވަނީ ދިވެހި ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާާ އިބްރާހިމް މުހައްމަދު ސޯލިހް އަދީ ހޯރަފުށި ދާއިރާގެ މަޖިލިސް މެމްބަރ އަށް ވަރަށް ހާއްސަ ޝުކުރެއް އަދާ ކުރައްވާފައެވެ.
މަސްވެރިންގެ ދުވަހުގެ މުނާސަބަތުގެ މި ރަސްމިއްޔާތު ގެ ތެރެއިން ސަގާފީ ބައެއް ހަރަކާތްތައްވެސް ވަނީ ފެނިގެން ގޮއްސައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!