ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭ.އާރް. އެޗް) އިން ތެލެސީމީއާ ޑީއެންއޭ ޓެސްޓް ހެދުމުގެ ޚިދުމަތް ތައާރަފް ކޮށްފިއެވެ.
އެ ހޮސްޕިޓަލުން ބުނެފައިވާ ގޮތުގައި މިއަދު ފެށުމަށް ހަމަޖެހިފައިވާ މި ޚިދުމަތަކީ އެ ހޮސްޕިޓަލް އާއި ސޮސައިޓީ ފޮ ހެލްތް އެޑިއުކޭޝަން (ޝީ) އާ ގުޅިގެން ފަށާފައިވާ ޚިދުމަތެކެވެ.
އެގޮތުން މި ޓެސްޓް ހެދުމަށް އެޕޮއިންޓްމެންޓް ހެއްދުމަށް ހަމަޖެހިފައި ވަނީ އެ ހޮސްޕިޓަލުގެ ވެބްސައިޓް http://krh.gov.mv މެދުވެރިކޮށެވެ. އެ ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ގޮތުގައި ވެބްސައިޓް އިން ހުށައަޅަން ޖެހޭ ފޯމްގެ އިތުރުން މި ޓެސްޓާއި ގުޅޭގޮތުން އިތުރު މައުލޫމާތު ވެސް ލިބިގެންދާނެއެވެ.
ކޭއާރުއެޗްގެ މެނޭޖަރ އަޙްމަދު ދާޢޫދު ވިދާޅުވީމިހާރު ތެލަސީމިޔާ ޑީއެންއޭ ޓެސްޓް ހެދުމަށް އެ ކުރާ ދަތުރަށް ހަމަ ޔަޤީނުން ވެސް އެންމެ މަދުން ވެސް ޢާއިލާއަކަށް 10 ވަރަކަށް ހާސް ރުފިޔާ ޚަރަދު ކުރަން ޖެހޭނެކަމަށާއި އަދި އެކަމުގައި އެ ހޭދަ ކުރަން ޖެހޭ ފައިސާގެ އިތުރަށް، އެ ކުރަން ޖެހޭ ދަތުރާއި، އެކަމަށް ހޭދަވާ ވަގުތަށް މިކަމުގެ ސަބަބުން ބޮޑު ލުއެއް ލިބިގެން ދާނެކަމަށެވެ.
“ބައެއް ގޮންޖެހުންތަކާއެކު ނަމަވެސް ވަރަށް ދިގު އިންތިޒާރެއްގެ ނިމުން މީ.”
އަޙްމަދު ދާޢޫދު ވިދާޅުވި އެވެ.
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ ލެބޯޓްރީއިން ނެހެދޭ ޓެސްޓްތައް، އެ ޓެސްޓްތައް ހެދޭ އެހެން ލެބޯޓްރީއަކާ ގުޅިގެން ހޮސްޕިޓަލު މެދުވެރިވެގެން ކުރެވޭނެ އިންތިޒާމެއް ހަމަޖެއްސުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށާއި، އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރގައި މިކަން ކާމިޔާބު ވާނެ ކަމަށް އުއްމީދު ކުރެވޭކަމަށް އަޙްމަދު ދާޢުދު ވިދާޅުވި އެވެ.
Introducing Thalassaemia DNA testing at Kulhudhuffushi Regional Hospital in collaboration with @SHE_Maldives@governmentmv@MoHmv @presidencymv pic.twitter.com/iNzWt9N55x
— Kulhudhuffushi Regional Hospital (@KRHmv) December 8, 2021
މި ޚިދުމަތުގެ އިތުރުން އެމްއާރުއައިގެ ހިދުމަތާއި ސީޓީ ސްކޭން، ސްޕީޗް ތެރެޕީގެ ހިދުމަތްފަދަ ގިނަ އާ ހިދުމަތްތައް އެ ހޮސްޕިޓަލުގައި ވަނީ ދޭން ފަށާފައެވެ. އަދި ކުޅުދުއްފުށީގައި އެޅުމަށް ހަމޖެހިފައިވާ ޓާޝިއަރީ ހޮސްޕިޓަލް އެޅުމުގެ ޕްރޮޖެކްޓް ޓެންޑަރ ކުރުމަށް ހުޅުވާލުމުގެ މަރުހަލާގައި ވާއިރު މި ހޮސްޕިޓަލުގެ ކާޑިއެކް ސެންޓަރ ގެ ޚިދުމަތް ވެސް ވަރަށް ފަހުން ފެށިފާއިވާ ކަން ފާހަގަ ކޮށްލެވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!