ހއ. އަތޮޅު ކައުންސިލުން ކުރިއަށްއޮތް 5 އަހަރަށް ތައްޔާރުކޮށްފައިވާ އަތޮޅު ތަރައްޤީގެ ޕްލޭންގައި "ޓްރާންޝިޕްމަންޓް ބަނދަރު ހެދުމުގެ ތަސައްވުރު" ހިމަނައި އަތޮޅު ކައުންސިލުން ޕްލޭން ފާސްކޮށްފި އެވެ.
އަތޮޅު ކައުންސިލުން ކުރިއަށްއޮތް ފަސްއަހަރަށް ތައްޔާރުކޮށްފައިވާ ތަރައްޤީގެ ޕްލޭންގައި ކަނޑައަޅާފައިވަނީ، ދެމެހެއްޓެނިވި ގޮތެއްގައި އަތޮޅުގެ އިޤްތިޞާދު ކުރިއަށްދާނީ އަތޮޅުގައި ޓްރާންޝިޕްމަންޓް ބަނދަރެއް ޤާއިމު ކުރެވިގެން ކަމުގައެވެ.
"ހއ. އަތޮޅަކީ، އެއަތޮޅު އުފެދިފައި އޮންނަ ގޮތުން ވަރަށް މުހިންމު ސަރަހައްދެއްގައި އޮންނަ އަތޮޅަކަށްވެފައި އަތޮޅުގެ އިހަވަންދިއްޕޮޅަކީ، ދުނިޔޭގެ އިރުމަތިން ފެށިގެން ހުޅަނގަށް ބޯޓުފަހަރު ދަތުރު ކުރުމުގައި މައިގަނޑު ރޫޓެއް ކަމަށްވާއިރު، މި ޕޯޓު ހަދަން އެންމެ ރަނގަޅު ސަރަހައްދު ކަމަށާއި މީގެ ސަބަބުން މި ސަރަހައްދުގެ އެހެން ބައިނަލްއަގުވާމީ ޕޯޓުތަކާއި ރާއްޖެއަށް ވާދަ ކުރެވޭނެ ކަމަށް ވެސް އިކޮނޮމިކް މިނިސްޓްރީން ބުނެފައިވާކަމަށް ހއ. އަތޮޅު ކައުންސިލުން ބުނެފައިވެއެވެ.
މި މަޝްރޫއުގެ ކާމިޔާބާއެކު ހިންގިއްޖެނަމަ ރާއްޖޭގެ އިގްތިސާދަށްވެސް ފައިދާ ކުރާނެ، އެގޮތުން، މި ޕޯޓާއެކު ރާއްޖޭގެ އުތުރުގައި އިގްތިސާދީ ވަރުގަދަ ވިޔަފާރި ހަބެއް ގާއިމް ކުރެވޭނެ، މިއާއެކު އެހެން ސިނާއަތްތަކަށް ފުރުސަތު ހުޅުވާލެވި ދިވެހިންނަށް އިތުރު ވަޒީފާގެ ފުރުސަތުތައް ހުޅުވާލެވޭނެ"
އިކޮނޮމިކް މިނިސްޓްރީން ބުނެފައިވާކަމަށް އެކައުންސިލުން ބުނެފައިވެއެވެ.
މިގެ އިތުރުން އެކައުންސިލުން ބުނެފައިވަނީ، ޤުދުރަތީގޮތުން އިހަވަންދިއްޕޮޅު އުފެދިފައިވަނީ އެއްފަޅެއްގައި ގިނަ ރައްތަކެއް ހިމެނޭގޮތަށްކަމަށާއި، އެއައަތޮޅު ހުވަންހަންދޫން ފެށިގެން އިންނަފިނޮޅާ ހަމައަށް އޮތް ބޮޑުފަޅަކީ މިފަދަ ޕްރޮޖެކްޓެއް ހިންގުމަށް އެންމެ އެކަށިގެންވާ ތަނެއްކަން ކަމާބެހޭ މާހިރުން ވިދާޅުވެފައި ވާކަމަށެވެ.
އަދި ރާއްޖެ އޮތް ސަރަހައްދުގެ ގޮތުން ވިޔަފާރީގެ ދާއިރާ އިން ނެގެން އޮތް ފައިދާއެއް ނެގުން މުހިއްމު ކަމަށާއި ވިޔަފާރި އާއި އިގުތިސޯދު ދަންނަ ބޭފުޅުންވެސް މިކަމަށް ބާރުއަޅުއްވާ އެކި މުނާސަބަތުތަކުގައި ވާހަކަ ދައްކާފައި ވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!