ހދ. ކުޅުދުއްފުށި ސިޓީގެ މަސްވެރިންނަށް "ޑިނަރ ނައިޓެއް" ބާއްވަން އެސިޓީގެ ކައުންސިލުން ނިންމައިފި އެވެ.

އެކައުންސިލުން މިގޮތައް ނިންމާފައިވަނީ މަސްވެރިންގެ ދުވަސް ފާހަގަކުރުގެ ގޮތުން، އެކައުންސިލްގެ ހަތަރުވަނަ ދައުރުގެ 30 ވަނަ ޢާންމު ބައްދަލުވުމުގައި މަޝްވަރާ ކުރުމަށް ފަހު އެވެ.

Ad
rt

މި ޑިނާ ނައިޓް ބޭއްވުމަށް ނިންމާފައިވަނީ މިއަަހަރުގެ މަސްވެރިންގެ ދުވަހު އެވެ. މި ޑިނަރ ނައިޓްގައި މަސްވެރިންނަށް އުފާވެރި ހަބަރެއް ހިއްސާކުރެވިގެން ދާނެކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

ހދ. އަތޮޅުގެ ރަށްރަށުގައި މަސްވެރިންގެ ދުވަސް ފާހަގަ ކުރުމަށް ހދ. އަތޮޅު ކައުންސިލުންވެސް ވަނީ ކޮންމެ ރަށަކަށް ދިހަ ހާސް ރުފިޔާގެ ބަޖެޓެއް ހަމަޖައްސާފަ އެވެ.

މިބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މެންބަރުން ފާހަގަ ކޮށްފައިވަނީ މަސްވެރިންނަށް މަސްވެރިންނަށް އިތުރު ފުރުޞަތުތަކެއް ހޯދައިދޭން ކައުންސިލުން އިތުރު މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށެވެ.

މިއަދު ބައްދަލުވުމުގައި އިސް ރަށްވެހިންގެ ޕާކް އަޅަން ބިން ކަނޑައެޅުމާއި ޕަބްލިކް ވޯކްސްގެ ގްރޭޑަރ މަރާމާތު ކުރުމާއި މެދު ގޮތެއް ނިންމުން އަދި މަގުތަކުގައި މިހާރުން މިހާރަށް ކުރަން ޖެހޭ މަސައްކަތް އައުޓް ސޯސް ކުރުމާއިމެދު މަޝްވަރާކުރުން ހިމެނެ އެވެ.