ހދ. ވައިކަރަދޫ ޔޫތު އެންޑް ކޮމިއުނިޓީ ސެންޓަރު ތަރައްޤީ ކޮށްދޭނެ ފަރާތެއް ހޯދަން ޢިއުލާން ކޮށްފިއެވެ.

މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްއިން ކުރި ޢިއުލާނެއްގައި ވިދާޅުވީ، ވައިކަރަދޫ ޔޫތު އެންޑް ކޮމިއުނިޓީ ސެންޓަރު ތަރައްޤީ ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާ ކަމަށެވެ.

Ad
rt

މިގޮތުން މިކަމަށް ޝައުޤުވެރިވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމަށް މިހާރު ވަނީ ފުރުޞަޠު ހުޅުވާލާފައެވެ.

އަންދާސީ ހިސާބު ހުށަހަޅަން ޖެހެނީ، މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް، (ވެލާނާގެ 3 ވަނަ ފަންގިފިލާ)އަށް، މިފެށޭ ޑިސެމްބަރު މަހުގެ 19 ވަނަ ދުވަހުގެ 11:00 އަށެވެ.

ވައިކަރަދޫގައި ޔޫތު އެންޑް ކޮމިއުނިޓީ ސެންޓަރެއް ތަރައްގީ ކުރުމަށް އަންނަ އަހަރުގެ ބަޖެޓްގައި ވަނީ 2 ލައްކަ ރުފިޔާ ހިމަނާފައެވެ.

ރާއްޖޭގެ ރަށްތަކުގައި އަލަށް ގާއިމު ކުރަން ނިންމަވާފައިވާ ޔޫތު އެންޑް ކޮމިއުނިޓީ ސެންޓަރުތަކަކީ އެއް ކޮންސެޕްޓަކަށް ގާއިމުކުރަން ނިންމާފައިވާ ތަންތަނެވެ.

ވައިކަރަދޫ ޔޫތު އެންޑް ކޮމިއުނިޓީ ސެންޓަރު ތަރައްޤީ ކޮށްދޭނެ ފަރާތެއް ހޯދަން ޢިއުލާން ކޮށްފައިވާއިރު، ވައިކަރަދޫގައި ސަރުކާރުން ތަރައްޤީކުރި އައުޓްޑޯ ޖިމް ވަނީ މިދިޔަ ނޮވެމްބަރު މަހުގެ 20 ވަނަ ދުވަހު ރަސްމީކޮށް ހުޅުވާފައެވެ. މި ޖިމް ހުޅުއްވައިދެއްވީ ނައިބު ރައީސް ފައިޞަލް ނަސީމެވެ.

އިހަވަންދޫ ޔޫތު އެންޑް ކޮމިއުނިޓީ ސެންޓަރު ތަރައްޤީ ކޮށްދޭނެ ފަރާތެއް ހޯދަން ވެސް ޔޫތު މިނިސްޓްރީއިން ވަނީ މިދިޔަ ނޮވެމްބަރު 29 ވަނަ ދުވަހު ޢިއުލާން ކުރަށްވާފައެވެ.