ތުރުކީ ވިލާތުގެ ބައެއް ސަރަހައްދުތަކަށް 80 މޭލަށް ވައިގަދަވެ، އައި ބާރު ގަދަ ތޫފާނެއްގައި ބައެއް މީހުން މަރުވެ، އެތައް ބަޔަކަށް އަނިޔާވެއްޖެއެވެ.

ތުރުކީގެ ވެރިކަން ކުރާ އިސްތަންބޫލަށާއި ބައެއް އެހެން ސަރަހައްދުތަކަށް އައި ބާރު ގަދަ މި

Ad
rt

ތޫފާނުގައި 6 މީހަކު ވަނީ މަރުވެފައެވެ. އޭގެތެރެއިން އެކަކީ ތުރުކީ ރައްޔިތެއް ނޫންކަމަށް ރިޕޯޓްތައް ބުނެއެވެ.

މި ތޫފާނުގައި ކްލޮކް ޓަވަރު ވެއްޓި މަގުމަތިން ދުއްވާފައި ދިޔަ ބޮޑު ލޮރީއެއް ވެސް ވަނީ ފުރޮޅާލާފައެވެ. އަދި އިމާރާތްތަކަށް ލިބުނު ގެއްލުންތަކުގައި ފާރުތައް ވެއްޓި 2 މީހަކު މަރުވެފައިވާއިރު އެތައް ބަޔަކަށް ވަނީ އަނިޔާތައް ލިބިފައެވެ.

ތޫފާނާ ގުޅިގެން ތޫފާނުގެ އަސަރުކޮށްފައިވާ ރީޖަންތަކުގެ ޕްރޮވިންސްތަކުގެ ސްކޫލްތައް ވަނީ ބަންދުކޮށްފައެވެ. އަދި ޒަރޫރީ ބޭނުންތަކުގައި ނޫން ގޮތަކަށް މަގުތަކަށް މީހުން ނިކުމެ އުޅުން ވަނީ މަނާކޮށްފައެވެ.

އަދި ސްކޫޓަރާއި މޮޓޯސައިކަލް ދުއްވާ ފަރާތްތަކުން މަގުމަތީގައި ދުއްވާއިރު ސަމާލުވުމަށާއި މެންދުރު 11 އިން ހަވީރު 6 އާއި ދެމެދު ޓްރެފިކް ބޮޑު މަގުތަކަށް މި އުޅަނދުތައް ދުއްވާ ފަރާތްތަކުން ނުނިކުތުމަށް ޓްރެފިކް ބަލަހައްޓާ ފަރާތްތަކުން ވަނީ އިލްތިމާސްކޮށްފައެވެ. ތޫފާންގެ ސަބަބުން އެހިސާބުތަކުގައި ފެރީގެ ޙިދުމަތްވެސް ވަނީ މެދުކަނޑާލާފައެވެ.

ތުރުކީގެ ސްޓޭޓް މީޓިއޮރޮލޮޖިކަލް ސެންޓަރުން ހާމަކޮށްފައިވާ ގޮތުގައި ބޭލިކުޒޫ އަދި އިސްތަންބޫލް އަށް ވައިޖެހިފައިވަނީ 80 މޭލުގެ ބާރު މިނުގައި ކަމަށެވެ.

އެ ސެންޓަރުން ހާމަކޮށްފައިވާ ގޮތުގައި ކުރިއަށް ދުވަސްތަކުގައިވެސް މި ތޫފާނުގެ އަސަރު އެކި ޕްރޮވިންސްތަކަށް ކުރާނެކަމަށް ވަނީ ހާމަކޮށްފައެވެ. އަދި ތޫފާނާއި ގުޅިގެން 17 ޕްރޮވިންސްއަކަށް އޮރެންޖު އެލާޓް ނެރެފައިވާއިރު، އެންމެ ނުރައްކާ ބޮޑު 35 ޕްރޮވިންސްއަކަށް ވަނީ ޔެލޯ އެލާޓް ނެރެފައެވެ.

މި ތޫފާނުގެ ސަބަބުން ޓާކިޝް އެއާލައިންގެ 6 ދަތުރެއް ވަނީ ކެންސަލްވެފައެވެ.