ކޯވިޑްގެ އާ ވޭރިއަންޓް ޔޫރަޕްގެ ބައެއް އިތުރު ގައުމުތަކުން ވެސް ފެނިއްޖެ

Europe-covid-new varient

ދުނިޔޭގެ ބައެއް ގައުމުތަކަށް މިހާރު ފެތުރެން ފަށާފައިވާ، ކޯވިޑް-19ގެ މުޅިން އައު އަދި ނުރައްކާތެރި އޮމިކްރޯން ވޭރިއެންޓް ޔޫރަޕްގެ އިތުރު ގައުމުތަކުން ވެސް ފެނިއްޖެއެވެ.

މިކަން އެގައުމުތަކުގެ ޞީއްޙީ ދާއިރާގެ އޮފިޝަލުން ހާމަކޮށްފައިވާއިރު، އިޓަލީގެ ހެލްތް މިނިސްޓްރީއިން ހާމަކޮށްފައިވާ ގޮތުގައި އެގައުމުން ފެނުން އާ ވޭރިއަންޓްގެ ކޭސްތަކަކީ މޮޒަންބިންކް އިން ދަތުރުކޮށްފައިވާ އާއިލާއެއްކަމަށް ކިބައިން ފެނުނު ކޭސްތަކެކެވެ.

ޗެކް ރިޕަބްލިކްގެ އޮފިޝަލުން ހާމަކޮށްފައިވާ ގޮތުގައި އެގައުމުން ފެނިފައިވާ ކޭސްތަކަކީ ނަމީބިއާއިން އެ ގައުމަށް ދަތުރުކޮށްފައިވާ ބައެއްގެ ކިބައިން ފެނުނު ކޭސްތަކެއް ކަމަށެވެ.

މީގެ އިތުރުން އިސްރާއީލުންވެސް އައު ވޭރިއަންޓްގެ ކޭސްތަކެއް ފެނިފައިވާކަމަށް އެގައުމުންވެސް ވަނީ ހާމަކޮށްފައެވެ.

މީގެއިތުރުން އިނގިރޭސިވިލާތާއި ޖަރުމަނުވިލާތުން ވެސް ވަނީ މި ވޭރިއަންޓްގެ ކޭސްތައް ފެނިފަކަމަށް ރިޕޯޓްތައް ބުނެއެވެ.

ގިނަ އަދަދަކަށް މިއުޓޭޓްވެފައިވާ އޮމިކްރޮން ކޯވިޑް19 ވޭރިއެންޓް ފުރަތަމަ ފަހަރަށް ފެނިފައިވަނީ ދެކުނު އެފްރިކާއިންނެވެ. އަދި އެއަށްފަހު، ނުރައްކާތެރި މި ވޭރިއެންޓް ވަނީ ބެލްޖިއަމް، އިސްރާއީލް އަދި ހޮންކޮންގއިންވެސް ފެނިފައެވެ.

B.1.1.529, ގެ ނަމުންވެސް މުޚާތަބްކުރެވޭ މި ވޭރިއެންޓްއަކީ ހަށިގަޑުގެ ދިފާއީނިޒާމް ފޫއަޅުވާލުމުގެ ގާބިލްކަން ލިބިފައިވާ ވޭރިއެންޓެއް ކަމުގައި ސައިންސްވެރިން ދަނީ ބުނަމުންނެވެ.

އަދި ކޯވިޑް19އާއި ދެކޮޅަށް މިހާރު ބޭނުން ކުރަމުންދާ ވެކްސިންތައް މި ވޭރިއެންޓާއި ދެކޮޅަށް ބޭނުން ކުރެވޭކަން ޔަގީން ކުރުމަށް ހަފްތާތަކެއް ނަގާފާނެކަމަށް ރަސްމީ ފަރާތްތަކުން މައުލޫމާތު ދީފައި ވެއެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި