ކޯވިޑްގެ އާ ވޭރިއަންޓާއެކު ހަތް ގައުމަކުން ދަތުރުކުރުން މަނާކޮށްފި

1920_dsc-8100a

ކޮވިޑްގެ އާވޭރިއަންޓް، "އޮމްކްރޯން" ފެތުރުނަ ނުދޭން ހަތް ގައުމަކުން ރާއްޖެ އަށް މީހުން އެތެރެވުން ސަރުކާރުން މަނާކޮށްފި އެވެ.

އެޗްޕީއޭއިން ނެރުނު ބަޔާނުގައި ބުނީ މިރޭ ދަންވަރު 12 އިން ފެށިގެން ވަކި ގޮތެއް އަންގަންދެން ރާއްޖެ އަށް މީހުން އެތެރެވުން މަނާކުރީ ސައުތު އެފްރިކާ، ނަމީބިއާ، މޮޒަންބީކް، ލެސޯތޯ، ބޮޓްސްވާނާ، ޒިންބާބުވޭ، އެސްވާޓިނީ އިން ކަމަށެވެ. އަދި ރާއްޖެ އަށް އައުމުގެ 14 ދުވަސް ކުރިން އެ ގައުމުތަކުގައި އުޅެފައިވާ މީހުންނާއި 12 ގަޑިއިރަށް ވުރެ ގިނަަ އިރު ވަންދެން ޓްރާންސިޓް ވެފައި އަންނަ މީހުން ވެސް މި ވަގުތަށް ރާއްޖެ އަށް އައުން މަނާވާނެއެވެ.

މި ގައުމުތަކުން ރާއްޖެ އަންނަން މަނާ މީހުންގެ ތެރޭގައި ދިވެހިންނާއި ވޯކް ޕާމިޓް އޮންނަ މީހުން ނުހިމެނޭނެއެވެ. އެގޮތުން ރާއްޖެ އައުމުގެ 14 ދުވަސް ކުރިން އަދި 12 ގަޑިއިރަށް ވުރެ ގިނަ އިރު ވަންދެން މި ގައުމުތަކުގެ ތެރެއިން ގައުމެއްގައި ޓްރާންސިޓް ވެފައި އަންނަ ދިވެހިންނާއި ވޯކް ވިސާ އޮތް މީހުން ނަމަ 14 ދުވަހުގެ ކަރަންޓީން ފުރިހަމަ ކުރަން ޖެހޭނެއެވެ.

ކަރަންޓީނުން ދޫކޮށްލާނީ 14 ދުވަހަށް ފަހު ހަދާ ކޮވިޑް ޓެސްޓުގެ ނަތީޖާ ނެގެޓިވް ވުމުންނެވެ.

އެޗްޕީއޭއިން ވަނީ މި ގައުމުތަކުން ރާއްޖެ އަށް އަންނަން ދަތުރު ފަށާފައިވާ މީހުންނާއި މިދިޔަ 14 ދުވަހުގެ ތެރޭގައި އެ ގައުމުތަކުން އައިސްފައިވާ މީހުން ވަކި ގޮތަކަށް އަމަލު ކުރުމަށް ވެސް އަންގައިފައެވެ. އެގޮތުން މިވަގުތަށް ޕީސީއާރު ޓެސްޓު ހެދުމާއި 14 ދުވަސް ނުވަތަ އެއަށްވުރެ ގިނަ ދުވަސް ރާއްޖޭގައި ހޭދަކުރާ މީހުން ނަމަ 14 ދުވަސް ހަމަވުމުން އިތުރު ޕީސީއާރު ޓެސްޓެއް ހެދުމާއި 14 ދުވަހަށް ވުރެ ކުރު މުއްދަތެއް ހޭދަކުރާ މީހުން ފުރުމުގެ ކުރިން ޓެސްޓު ހެދުމަށް ވަނީ އަންގާފައެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި