ބޯޑާ މައިލްސްގެ ޕާޓަނަރަަކަށް އަގޯޑާ

FB_IMG_1637831512597

"ބޯޑާ މައިލްސް" ޕްރޮގްރާމުގެ އެސޯސިއޭޓް ޕާޓްނަރަކަށް މަޝްހޫރު އޮންލައިން ޓްރެވަލް ބުކިން ޕްލެޓްފޯމް، އަގޯޑާ ހަމަޖައްސައިފިއެވެ.

އިއްޔެ އޮންލައިންކޮށް ބޭއްވި ރަސްމިއްޔާތެއްގައި ބޯޑާ މައިލްސްގެ ފަރާތުން ސޮއިކުރެއްވީ އިމިގްރޭޝަންގެ ކޮންޓްރޯލާ ޖެނެރަލް މުހައްމަދު އަހުމަދު ހުސެއިން (ހަނަފީ)އެވެ. އަދި އަގޯޑާގެ ފަރާތުން ސޮއި ކޮށްފައިވަނީ އެ ކުންފުނީގެ ސީއީއޯ ޖޯން ބްރަައުންއެވެ.

މި ރަސްމިއްޔާތުގައި ޓޫރިޒަމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޑރ. ނައުޝާދު މުހައްމަދާއި އެމްއެމްޕީއާރުސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ނީޝާ ޝާހިދު އާއި އަގޯޑާގެ ޑިރެކްޓަރު އޮފް ގްލޯބަލް ގަވަމަންޓް އެފެއާޒް ޑެނިއަލް އަދި ރާއްޖޭގެ ކަންޓްރީ މެނޭޖަރު މުހައްމަދު އަމާން ބައިވެރިވެވަޑައިގަތެވެ.

އިމިގްރޭޝަނުން ބުނީ، އަގޯޑާއެކު ސޮއިކުރި ޕާޓްނާޝިޕުގެ ދަށުން ބޯޑާ މައިލްސް ޕްރޮގްރާމުގެ މެންބަރުންނާއި ޕާޓްނަރުންނަށް އިތުރު ފައިދާތަކެއް ލިބޭނެ ކަމަށެވެ. އަދި މި ޕްރޮގުރާމްގެ ޕާޓްނަރުން އަގޯޑާއިން ޕްރޮމޯޓް ކޮށްދޭނެ ކަމަށް ވެސް އިމިގްރޭޝަނުން ބުންޏެވެ.

ބޯޑަ މައިލްސް ޕްރޮގްރާމުގެ މެންބަރުންގެ އަދަދު އިތުރުވަމުން އަންނަ ކަން ފާހަގަކުރައްވައި ކޮންޓްރޯލާ ޖެނެރަލް ހަނަފީ ވިދާޅުވީ، ކުރިއަށް އޮތް މަދު ދުވަސްތަކެއްގެ ތެރޭގައި އެ ޕްރޮގްރާމްގެ މެންބަރުންގެ އަދަދު 50،000 އަށް އިތުރު ވާނެ ކަމަށެވެ. އަދި އެއީ ފުރަތަމަ އަހަރުގެ ތެރޭގައި އަންދާޒާ ކުރި ވަރަށްވުރެ ބޮޑު އަދަދެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ބޯޑާ މައިލްސްއަކީ ފަތުރުވެރިންނަށް ހާއްސަ ކޮށްގެން ދުނިޔޭގައި ފެށި މިފަދަ ފުރަތަަމަ ޕްރޮގްރާމެވެ. މި ޕްރޮގްރާމުގެ ބައިވެރިންނަށް ރިސޯޓުތަކާއި ހޮޓެލްތަކުން ގިނަ އިނާޔަތްތަކެއް ވެސް ލިބޭނެއެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *