މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)އަށް 10 ހާސް މެންބަރުން ހަމަކޮށްފިއެވެ.

އިލެކްޝަން ކޮމިޝަން (އީސީ)އިން "މޯލްޑިވްސް ނެޝަނަލް ޕާޓީ" ސިޔާސީ ޕާޓީއެއްގެ ގޮތުގައި ރަޖިސްޓަރީކޮށްދީ، އެ ޕާޓީގެ ރަޖިސްޓަރީ ހަވާލުކުރީ ހުސްވި އޮކްޓޯބަރުމަހުގެ 25 ވަނަ ދުވަހުއެވެ.

Ad
rt

އެ ޕާޓީގެ ރައީސް މުހައްމަދު ނާޒިމް (ކާނަލް ނާޒިމް) މި ރޭ ކުރެއްވި ޓްވީޓެއްގައި އެ ޕާޓީއަށް 10 ހާސް މެންބަރުން ހަމަވިކަން ވަނީ ޢިއުލާން ކުރަށްވާފައެވެ.

އެމްއެންޕީ އުފެއްދުމުގެ މަޤްޞަދަކީ ދިވެހީންގެ ތެރޭގައި ޤަޢުމީ ފިކުރު އާލާކޮށް، ދިވެހީން އެދޭ ކަންކަން ފުރިހަމަައަށް ހާސިލްކުރުމަށްޓަކައި، ޤާނޫނީ ގޮތުން ލިބިދޭ އެންމެހައި ބާރާއި އިޚްތިޔާރާއި ޙައްޤުތައް ބޭނުންކޮށް 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޙާބު ކާމިޔާބު ކުރުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރުން ކަމަށް އެ ޕާޓީން ވަނީ ބުނެފައެވެ.

އެމްއެންޕީ ވުޖޫދަށް ގެނައުމުގެ ކަންކަމަށް އިލެކްޝަނުން ހުއްދަ ދީފައިވަނީ މިއަހަރުގެ ސެޕްޓެމްބަރު މަހުގެ 15 ވަނަ ދުވަހުއެވެ.