ބާރަށު ސްކޫލް ޕްރިސްޕަލްގެ ސައިކަލުގައި ރޯކޮށްލުން ކައުންސިލުން ކުށްވެރިކޮށްފި

large_163765103550iEvQ

ހއ. ބާރަށު ސްކޫލްގެ ޕްރިންސިޕަލްގެ ސައިކަލު ރޯކޮށްލާފައިވާތީ އެ މައްސަލަ އެރަށު ކައުންސިލުން ވަރަށް ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.

މި ސައިކަލު ރޯ ކޮށްލާފައި މިވަނީ މި ނޮވެމްބަރ މަހުގެ 22 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ. އަދި މިކަން ކުރި ބަޔަކު ކޮށްފައިވަނީ ޕްރިންސިޕަލް ދިރިއުޅުއްވާ ގެ ކަމަށްވާ މީޒާންގޭގެ ގޯތި ތެރޭގައި ސައިކަލް ބަހައްޓާފައި ވަނިކޮށް ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

ބާރަށު ކައުންސިލުން މައުލޫމާތު ދީފައިވާ ގޮތުގައި ސައިކަލު ރޯކޮށްލުމުގެ އިތުރުން އެގެއަށް ވެސް ވަނީ އެކިވަރުގެ ގެއްލުންތަކެއް ދީފައެވެ.

އަދި މިފަދަ އަމަލުތަކުގެ ސަބަބުން ރަށުގެ ތަޢުލީމު ކުރިއެރުވުމަށް ކުރާ އުއްމީދު ތަކަށް ހުރަސްއެޅިގެންދާ ކަމަށާއި ދަރިންގެ ތަޢުލީމުގެ ކުރިމަގު ބަނަވެގެން ހިނގައިދާނެ ކަން އެ ކައުންސިލުން ވަނީ ފާހަގަ ކޮށްފައެވެ. އަދި ރައްޔިތުންގެ މެދުގައި އޮންނަން ޖެހޭ އެކުވެރިކަމާ ސުލްހަމަސަލަސްކަން ގެއްލި ރަށުގެ އަމާންކަމަށް ބުރޫ އަރާނެ އަމަލެއްގެ ގޮތުގައި މިއަމަލު ވަނީ ސިފަ ކޮށްފައެވެ.

މީގެ އތުރުން މާލީ ގޮތުންނާއި އުމްރާނީ އަދި ނަފްސާނީ ދުޅަހެޔޮކަމަށް މިކަމުގެ ސަބަބުން އަސަރު ކުރާނެ ކަމަށާއި މި އަމަލު ހިންގި މީހަކު ނުވަތަ ބަޔަކު ވީހާވެސް އަވަހަށް ހޯދާ އިންސާފްގެ ކުރިމައްޗަށް ގެނެސް އެންމެ ހައްގު އަދަބު ދިނުމަށް ކަމާބެހޭ މުއައްސަސާތަކަށް އެކައުސިލުން ވަނީ ގޮވާލައްވާފައެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

Share on facebook
Share on twitter
Share on linkedin
Share on telegram
Share on whatsapp
Share on email

ހިޔާލު ދެއްވާ!

Your email address will not be published.

ގުޅުންހުރި