އުތީމު "ވިންގާސް"އިން ކަނބަލުންނަށް ހާއްސަކޮށް ވޮލީ މުބާރާތެއް ބާއްވަނީ

IMG_20211124_164024_999

ހއ. އުތީމުގެ އަމިއްލަ ޖަމްއިއްޔާ އެއް ކަމަށްވާ "ވިންގާސް"އިން އިންތިޒާމް ކޮށްގެން އެރަށުގެ ކަނބަލުންނަށް ހާއްސަކޮށް ވޮލީ މުބާރާތެއް ބޭއްވުމަށް ނިންމައިފިއެވެ.

މިއަންނަ ޑިސެމްބަރ މަހުގެ 15 އިން 22 އަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި ޖުމްލަ 4 ޓީމަކުން ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ.

"ތިލަދުން"އަށް މައުލޫމާތު ދެއްވަމުން ވިންގާސް ގެ މެމްބަރެއް ކަމަށްވާ މުޙައްމަދު ބަސީރު ވިދާޅުވީ މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެމްބަރ މަހުގެ 1 އިން 10 ވަނަ ދުވަހާއި ހަމައަށް ހުޅުވާލެވިގެން ދިޔަ ކަމަށެވެ. އަދި އެ މުއްދަތުގެ ތެރޭގައި ނަންނޯޓް ކުރި ފަރާތްތައް 4 ޓީމަކަށް ބަހާލާފައިވާ ކަމަށެވެ.

އެގޮތުން މުބާރާތުގައި ބައިވެރިވި ހުރިހާ ޓީމެއް ބައްދަލުކޮށް ބޭއްވޭ މެޗުތަކަށް ފަހު އެންމެ ގިނަ ޕޮއިންޓް ހޯދާ 2 ޓީމެއް ފައިނަލް ދާ ގޮތަށް ހަމަޖެހިފައިވާ ކަމަށާއި އަދި މުބަރާތުގައި އެކި ވަނަތަކަށް ދާ ފަރާތްތައް ހޮވިގެންދާނެ ކަމަށް އެޖަމްއިއްޔާއިން ވިދާޅުވިއެވެ. އެގޮތުން ޗެމްޕިއަން ޓީމް، ރަނަރަޕް ޓީމް، ފެއަރޕްލޭ ޓީމްގެ އިތުރުން ޓޮޕް ސިކްސް ޕްލޭޔަރސް އަދި ބެސްޓް ކޯޗް މި މުބާރާތުގެ ތެރެއިން ހޮވިގެންދާނެއެވެ.

ކޮންމެ ދުވަހަކު މެޗެއް ކުޅުމަށް ހަމަޖެހިފައިވާ މިބުރާތުގައި މިހާތަނަށް ކުރިމަތިވެފައިވާ ދަތި ކަމަކީ މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އައުޓްޑޯ ކޯޓުގައި ލައިޓިން ސިސްޓަމް ހަރުކުރެވިފައި ނުވުން ކަމަށް އެ ޖަމްޢިއްޔާ އިން ވަނީ ފާހަގަ ކޮށްފައެވެ. ނަމަވެސް ކައުންސިލް ގެ އެހީތެރިކަމާއިއެކު އެމައްސަލައަށް ހައްލެއް ހޯދުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށް ވަނީ ވިދާޅުވެފައިވެއެވެ.

މިފަދަ މުބާރާތެއް ކުރިއަށް ގެންދިއުމުގެ އެންމެ ބޮޑު މަގުސަދެއްގެ ގޮތުގައި އެޖަމްޢިއްޔާއިން ވިދާޅުވެފައިވަނީ ރަށުގެ ކަނބަލުންގެ މެދުގައި ކުޅިވަރަށް އޮންނަ ލޯބި އިތުރުކޮށް އެކުވެރިކަން އާލާކުރުން ކަމަށެވެ.

އުތީމުގެ ރެސްޓޯރެންޓްއެއް ކަމަށްވާ "ބަހާރު ޑައިން" މި މުބާރާތުގެ މެއިން ސްޕޮންސާއެއް ގޮތުގައި ހަމަޖެހިފައި ވާއިރު އެކްސްކްލުސިވް ސްޕޮންސަރ އެއްގެ ގޮތުގައި ހަރަކާތް ތެރިވަނީ "ޓައިމްލެސް ގްރޫޕް" އަދި "އަވި މޯލްޑިވްސް" އެވެ. މީގެ އތުރުން "ފެހި ވެލާ ޑައިވް" ،"ކަވި މާޓް މެގަ ޝޮޕް" އަދި "މަޅި އެމްވީ" ގެ އެހީތެރިކަން އެޖަމްޢިއްޔާއިން ވަނީ ފާހަގަ ކުރައްވާފައެވެ.

މިމުބާރަތުގެ މީޑިއާ ޕާޓްނާ އެއްގެ ގޮތުގައި " ތިލަދުން" ވަނީ ހަމަޖެހިފައެވެ.

"ވިންގާސް" ޖަމްޢިއްޔާ އަކީ މިއަހަރުގެ ޖުލައި ހިސާބުގައި ރަޖިސްޓްރީވެފައިވާ އަމިއްލަ ޖަމްޢިއްޔާއެކެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

Share on facebook
Share on twitter
Share on linkedin
Share on telegram
Share on whatsapp
Share on email

ހިޔާލު ދެއްވާ!

Your email address will not be published.

ގުޅުންހުރި