ރާއްޖޭގެ ތަރައްޤީގެ ދުވެލި، މިހާރު ހުރީ ރަނގަޅު މިސްރާބުގައި: ރައީސް

198840_ef4843d4-6_

ރާއްޖޭގެ ތަރައްޤީގެ ދުވެލި، މިހާރު ހުރީ ރަނގަޅު މިސްރާބުގައިކަމަށާއި އެގޮތުން ޤައުމީ އާމްދަނީއާ ގުޅިފައިވާ ޞިނާޢަތްތައް ކުރިއަރަމުން އަންނަނީ އުންމީދު އާކޮށްދޭ ގޮތެއްގައިކަމުގައި ރައީސް އިބްރާހިމް މުޙައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވެފައި މިވަނީ އިންސްޓިޓިއުޓް އޮފް ޗާޓަޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސް އިސްނަންގަވައިގެން ކުރިއަށްގެންދާ މޯލްޑިވްސް އެކައުންޓެންޓްސް ފޯރަމް އިފްތިތާހު ކުރައްވާ ރޭގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެގޮތުން އެމަނިކުފާނުގެ ވާހަކަފުޅުގައި، މިއަދު ރާއްޖެ މިއޮތީ ދިވެހި އެކައުންޓެންޓްންއިންނާއި އޮޑިޓަރުން އުފައްދައި ތަމްރީން ކުރުމަށް، ވަރަށް ބޮޑު އިސްކަމެއް ދޭންޖެހޭ ޙާލަތެއްގައިކަން ވަނީ ފާހަގަ ކުރައްވާފައެވެ. އަދި މިދިޔަ އަހަރު ޗާޓަޑް އެކައުންޓެންޓުންގެ ނަމުގައި ޤާނޫނެއް ހަދައި އަަމަލުކުރަން ފަށާފައިވަނީ ވެސް އެގޮތުގެ މަތިން އެފަރާތްތަކަށް ބޭނުންވާ ތަޢުލީމާއި ތަމްރީނާއި ވަޞީލަތްތައް ފޯރުކޮށްދިނުމުގެ މަގްސަދުގައި ކަމަށް ވަނީ ވިދާޅުވެފައި ވެއެވެ.

ކްރޮސްރޯޑް މޯލްޑިވްސްގައި ކުރިއަށް ގެންދިޔަ މި ޖަލްސާގައި އެމަނިކުފާނު އިތުރަށް ވިދާޅުވީ އެކައުންޓިން ދާއިރާއަކީ ހެޔޮ ވެރިކަމުގެ ނިޒާމާވެސް ވަރަށް ބޮޑަށް ގުޅިފައިވާ ދާއިރާއެއް ކަމަށާއި އެކަމުގެ ސަބަބުން ޕްރައިވެޓް އަދި ޕަބްލިކް ސެކްޓަރގެ ދެފުށް ފެންނަ މިންވަރު އިތުރުވެ ކޮރަޕްޝަންއަށް ހުޅުވިގެންދާ ދޮރުތައް ހަނި ކުރެވިގެންދާނެ ކަމަށެވެ.

އެމަނިކުފާނުގެ ވާހަކަފުޅު ނިންމާލައްވަމުން އެކައުންޓެންޓްންގެ ފަންނީ އަދި އަޙުލާޤީ އަދި ސުލޫކީ މިންގަނޑުތަކާއި އެއްގޮތަށް އަމަލުތައް ބެހެއްޓުމަށް އެފަރާތްތަކަށް ވަނީ ހަނދުމަ ކޮށްދެއްވާފައެވެ. އަދި މި ޖަލްސާގައި އިންސްޓިޓިއުޓް އޮފް ޗާޓަޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސް އިން ވަނީ އެމަނިކުފާނަށް ހަނދާނީ ފިލައެއް ވެދުމަށް އަރުވާފައެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

Share on facebook
Share on twitter
Share on linkedin
Share on telegram
Share on whatsapp
Share on email

ހިޔާލު ދެއްވާ!

Your email address will not be published.

ގުޅުންހުރި