މޯލްޑިވްސް ޕޮލިސް ސާވިސް އާއި ފީވަކު ޞިއްހީ މަރުކަޒާއި ގުޅިގެން ކަސްރަތު ޕްރޮގްރާމެއް ފަށައިފިއެވެ.
"ބަރުދަން ލުއިކުރުން" ގެ ނަމުގައި ފެށި މި ޕްރޮގްރާމް ފަށާފައިވަނީ އިއްޔެއެވެ. މި ޕްރޮގްރާމުުގައި އެ ރަށުގައި ދިރިއުޅޭ 18 އަހަރުން މަތީގެ ކޮންމެ މީހަކަށްވެސް ބައިވެރި ވެވޭނެ ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން މަޢުލޫމާތު ދެއެވެ. އަދި މި ޕްރޮގްރާމުގައި ފައިދާހުރި ކާނާއާއި، ކާނާ ބޭނުންކުރަންވީ ގޮތާއި، އަދި ހަށިގަނޑުގައި ހުންނަ ސަރުބީތައް ފަސޭހައިން ވިރުވާލަދޭނެ ގޮތް ބުނެދޭނެއެވެ. އަދި މީގެ އިތުރުން، ގޭގައި ކޮށްލެވޭ ކުދި ކުދި ކަސްރަތުތައް ކިޔައިދޭނެއެވެ.
މި ޕްރޮގްރާމު ކުރިޔަށް ގެންދަނީ ފީވަކު ސިއްހީ މަރުކަޒުގެ ގޯތި ގެތޭގައެވެ. މި ޕްރޮގްރާމުގައި 101 އަންހެނުނަނާއި 10 ފިރިހެނުން ވަނީ ބައިވެރިވެފައެވެ.
މި ޕްރޮގްރާމަކީ އެއްމަސް ދުުވަހުގެ މުއްދަތަކަށް ބޭއްވޭ ޕްރޮގްރާމެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!