އުތީމު ދޫނި ތުނޑިން ފެނުނު އާސާރީ ވަޅު، ބޮޑުތަކުރުފާނު ހަނދާނީ މަރުކަޒަށް ގެންގޮސްފި

A5C0064A-9D47-4692-BAB6-5F23B19CA86E

ހއ. އުތީމު ދޫނި ތުނޑިން ފެނުނު އާސާރީ ވަޅު، ބޮޑުތަކުރުފާނު ހަނދާނީ މަރުކަޒަށް ގެންގޮސްފި އެވެ.

އުތީމު ކައުންސިލުން ބުނީ، ގައުމީ ތަރިކައާ ބެހޭ މަރުކަޒުގެ ލަފާގެމަތިން، ބޮޑުތަކުރުފާނު ހަނދާނީ މަރުކަޒުގެ ބޭފުޅުންނާއި އުތީމު ކައުންސިލް އަދި އުތީމު ޕޮލިސް ޑެސްކްގެ އެހީތެރިކަމާއި އެކު ރައްކާތެރިކަމާއި އެކު ވަޅު އެސަރަހައްދުން ނަގާ ބޮޑުތަކުރުފާނު ހަނދާނީ މަރުކަޒުގެ ބެލުމުގެ ދަށުގައި ރައްކާތެރި ކުރެވިފައިވާ ކަމަށެވެ.

މިކަމުގައި އެހީތެރިކަން ދެއްވި އެންމެހާ ފަރާތްތަކަށް އުތީމު ކައުންސިލުންވަނީ ޝުކުރު ދަންނަވާފަ އެވެ.

މި ވަޅު އުތީމުގެ ހުޅަނގު ފަރާތު ދޫނި ތުނޑި ފެނިފައިވަނީ މިދިޔަ މަހުގެ 27 ވަނަ ދުވަހުއެވެ.

މި ވަޅު ފެނިފައި މިވަނީ، އެ ރަށުގެ އުތުރު ފަރާތު ތުނޑި ވަރަށް ބޮޑަށް ގިރުމުގެ ސަބަބުންނެވެ.

#Utheemu_Council
އުތީމު ދޫނިތުނޑި ސަރަހައްދުން ފެނިފައިވާ އާސާރީ ވަޅެއް ކަމަށް ބެލެވޭ ވަޅު ޤައުމީ ތަރިކައާއި ބެހޭ...

Posted by Secretariat of Utheemu Council on Friday, November 5, 2021

ލަފާ ކުރެވޭ ގޮތުގައި މި ވަޅަށް އުތީމު ގަނޑުވަރަށް ވީހާ ދުވަހެއް ވެދާނެކަމަށާއި އެހެން ކަމަށް ވާނަމަ މި ވަޅަކީ މީގެ 500 އެއް ހާ އަހަރު ކުރީގެ ވަޅެއްކަމަށް ބެލެވޭ ކަމަށް އުތީމު ކައުންސިލުން މީގެ ކުރިން ބުނެފައިވެއެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި