އެންމެ ގިނަ މީހުން ބޭނުންކުރާ ސޯޝަލް ނެޓްވޯކް ކަމަށްވާ ފޭސްބުކް ހިންގާ ކުންފުނީގެ ނަން "މެޓަ" އަށް ބަދަލުކޮށް ރިބްރޭންޑް ކުރުމުން މީސް މީޑިއާގައި އެކަމަށް ޖޯކުޖަހައި، މަލާމާތްކޮށްފިއެވެ.

ފޭސްބުކް ހިންގާ ކުންފުނީގެ ނަން "މެޓަ"އަށް ބަދަލްކޮށް އެކަން އިޢުލާންކޮށްފައި ވަނީ އެކުންފުނިން ވާޗުއަލްކޮށް ބޭއްވި ކުންފުނީގެ އާންމު ޖަލްސާއެއްގައި ފޭސްބުކް ކުންފުނީގެ ބާނީ މާކް ޒަކަބާގް އެވެ.

Ad
rt

ކުންފުނީގެ ނަން ބަދަލު ކުރި ނަމަވެސް ފޭސްބުކް އާއި އިންސްޓާގްރާމް، މެސެންޖަރާއި، ވަޓްސްއަޕް، އޮކިއުލަސް އާއި ވޯކްޕްލޭސް އަދި ޕޯޓަލް ހިންގާނީ "މެޓަ"ގެ ދަށުންކަމަށް މާކް ވަނީ ހާމަކޮށްފައެވެ.

ކުންފުނީގެ ނަން ބަދަލު ކުރިނަމަވެސް ސޯޝަލް ނެޓްވޯކް ފޭސްބުކް ހަމަ އެ ނަމުގައި އޮންނާނެ އެވެ. "މެޓަ" މި ނަން ދީފައިވަނީ ކުންފުންޏަށެވެ. އަދި ކުންފުންޏަށް ވަނީ އާ ލޯގޯއެއް ވެސް ހަދައިފައެވެ.

ކުންފުނީގެ ނަމަކަށް ދިން "މެޓަ" ގުޅެނީ އުފައްދަމުން އަންނަ "މެޓަވާސް" އާއި އެވެ. މެޓަވާސް އަކީ ވާޗުއަލް ދުނިޔެއެކެވެ. މި ހިޔާލީ ދުނިޔޭގައި މީހުންނާއި އެކި އެއްޗިއްސާ ބައްދަލު ވެސް ވެވޭނެ އެވެ.

މާކް ބުނާ ގޮތުން ނަމަ، މިއީ ފޭސްބުކުން ތަރައްގީކުރަމުން އަންނަ ވާޗުއަލް ވޯލްޑާ ގުޅުވާލުމަށް ކުންފުނީގެ ނަމަށް ގެނައި ބަދަލެކެވެ.

ނަމަވެސް މާކް ގަބޫލުކުރާ ގޮތާއި ޚިލާފަށް އެ ބަދަލާއެކު، މުޅި މީސްމީޑިއާގައި ދަނީ އާ ނަމަށް ފާޑުކިޔަމުންނެވެ.

ފޭސްބުކް 2004 ވަނަ އަހަރު ލޯންޗްކުރި ފަހުން އިންސްޓަގްރާމާއި ވަޓްސްއެޕް ފަދަ އެތައް އެޕެއް ވަނީ ގަނެ އަމިއްލަކޮށްފަ އެވެ.