ޤުރްއާން ކިޔެވުމުގެ 34 ވަނަ ޤައުމީ މުބާރާތުގައި ތިލަދުންމަތީ އުތުރުބުރީ (ހއ. އަތޮޅު) ތަމުސީލްކުރާނެ ބައިވެރިން ހޮވައިފިއެވެ.
މި ގޮތުން އެ މުބާރާތަށް ބައިވެރިން ހޮވުމަށް ބޭއްވުނު އަތޮޅު އޮޑިޝަންނިމި މުބާރާތުގައި ވާދަކުރާނެ ބައިވެރިން މިހާރު ހޮވާފައިވާއިރު، ހއ. އަތޮޅު ކައުންސިލުން ހާމަކުރައްވާފައިވާ މައުލޫމާތަށް ބަލާއިރު މި އޮޑިޝަންގައި އެ އަތޮޅުގެ ހުރިހާ ރަށެއްގެ ސްކޫލްތަކުން ވެސް ވަނީ ބައިވެރިވެފަ އެވެ.
އެ އަތޮޅުގެ 14 ރަށުގެ ސްކޫލްތަކުގެ މެދުގައި މިހިނގާ އޮކްޓޯބަރ މަހު ބޭއްވުނު އޮޑިޝަންގައި ޖުމްލަ 217 ކުދިން ވާދަކުރިއެވެ.
އެ ކުދިންތެރެއިން ޤައުމީ ޤުރްއާން ކިޔެވުމުގެ މުބާރާތުގައި ވާދަކުރުމަށް އެ އަތޮޅު ތަމްސީލް ކުރުމަށް ހޮވާފައި ވަނީ 30 ކުއްޖެކެވެ. އެއީ ބަލައިގެން ކިޔެވުމުގެ ބައިން 20 ކުދިންނާއި ނުބަލާ ކިޔެވުމުގެ ގޮފިން 10 ކުދިންނެވެ.
މި 30 ކުދިން ނިސްބަތްވާ ސްކޫލްތައް (ބަލައިގެން ކިޔެވުމުގެ ބައި)
- ހއ. ދިއްދޫ، ހއ. އަތޮޅު ތަޢުލީމީ މަރުކަޒުން 4 ދަރިވަރުން
- ހއ. ހޯރަފުށި، ހއ. އަތޮޅު މަދްރަސާއިން 6 ދަރިވަރުން
- ހއ. އިހަވަންދޫ ސްކޫލުން 6 ދަރިވަރުން
- ކެލާ ޝައިޚް އިބްރާހީމް ސްކޫލުން 2 ދަރިވަރުން
- ތުރާކުނު ސްކޫލުން 1 ދަރިވަރުއުލިގަމު ސްކޫލުން 1 ދަރިވަރު
މި 30 ކުދިން ނިސްބަތްވާ ސްކޫލްތައް (ނުބަލާ ކިޔެވުމުގެ ބައި)
- ކެލާ ޝައިޚް އިބްރާހީމް ސްކޫލުން 6 ދަރިވަރުން
- ހއ. ދިއްދޫ - ހއ. އަތޮޅު ތަޢުލީމީ މަރުކަޒުން 4 ދަރިވަރުން
ކޯވިޑް ހާލަތާ ގުޅިގެން ހއ. އަތޮޅު އޮޑިޝަން ބާއްވާފައިވަނީ ކިޔެވުމުގެ ވީޑިއޯ އަޑު އަހައިގެން ފަނޑިޔާރުން ޖަޖްކޮށްގެންނެވެ. ހިތުން ކިޔެވުމުގެ ބައި ކުރިއަށް ގެންގޮސްފައިވަނީ ޒޫމް މެދުވެރިކޮށް ވަގުތުން ކަމަށް ހއ. އަތޮޅު ކައުންސިލުން ވިދާޅުވެއެވެ.
ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒުން ކީރިތި ޤުރްއާން ކިޔެވުމުގެ 34 ވަނަ ޤައުމީ މުބާރާތުގައި ބައިވެރިވުމަށް އެދޭ މުއައްސަސާ ތަކުން ޕޯޓަލްގައި ރަޖިސްޓްރީވުމުގެ ފުރުސަތު ދީފައި ވަނީ މި ހިނގާ އޮކްޓޯބަރު މަހުގެ 14 އިން 18 އަށެވެ.
މި މުބާރާތުގައި ބައިވެރިވާން އެދޭ އަތޮޅު ކައުންސިލްތަކާއި، ގްރޭޓަރ މާލޭ ސަރަހައްދުގެ ސުކޫލްތައް އަދި ޤުރްއާން ކުލާސްތަކާއި ޤުރްއާން އުނގަންނައިދޭ މަރުކަޒުތަކާއި ކުލަބް ޖަމްޢިއްޔާތަކާއި ކޮލެޖްތަކާއި ޔުނިވަރސިޓީތަކުން މި މުއްދަތުގައި މުއައްސަސާ ރަޖިސްޓްރީ ކުރަން ފުރުޞަތު ދިނެވެ.
މި މުބާރާތް ބާއްވަން ނިންމާފައި ބަލައިގެން ކިޔަވާ ބަޔާއި، އަދި ނުބަލާ ކިޔަވާބައިން މިއިން ކޮންމެ ބަޔެއް 6 އުމުރު ފުރައަކަށް ބަހާލައިގެންނެވެ. އެ އުމުރުފުރާ ތަކަކީ 6 އަހަރުން ދަށް، 9 އަހަރުން ދަށް، 12 އަހަރުން ދަށް، 15 އަހަރުން ދަށް، 18 އަހަރުން ދަށް އަދި 18 އަހަރުން މަށްޗެވެ. މީގެއިތުރުން ޙާފިޘުންނަށް ވެސް ޚާއްޞަ ބައެއް މި މުބާރާތުގައި ވަނީ ކަނޑައަޅާފަ އެވެ.
މި މުބާރާތުގައި ބަލައިގެން ކިޔެވުމު ބައިގެ ރެކޯޑިން ހުށަހަޅަން ފުރުސަތު ދީފައި ވަނީ އަންނަ ނޮވެންބަރު 15 އިން 28 އަށެވެ. އަދި ނުބަލާ ކިޔެވުމުގެ ބައިން މި ފުރުސަތު ދީފައި ވަނީ އަންނަ ޑިސެމްބަރު 19 އިން 25 އަށެވެ.
މި މުބާރާތުގައި ކޮންމެ އަތޮޅު ކައުންސިލަކަށް ވެސް 30 ކުދިން ބައިވެރި ކުރެވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!