ދިވެހިބަހާއި ޘަޤާފަތަށް ހިދުމަތްކުރުމުގެ ދާއިރާއިން މިއަހަރުގެ ޔޫތު އެވޯޑް ހދ. މަކުނުދޫ، ސެލްވިން، އިއްޒަތު އަހުމަދަށް ލިބިއްޖެއެވެ.
މި އެވޯޑް ދީފައި ވަނީ ކުޅުދުއްފުށީ ސިޓީގައި ރޭ ބޭއްވި ގައުމީ ޒުވާނުންގެ ދުވަހުގެ ރަސްމީ ޖަލްސާގައިއެވެ. މި އެވޯޑް ހަވާލުކޮށް ދެއްވީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙެވެ.
އާޓްސް، ދިވެހިބަހާއި ޘަޤާފަތަށް ހިދުމަތްކުރުމުގެ ދާއިރާއިން، އިއްޒަތު އަހުމަދު ނިޒާރު (ސެލްވިން، ހދ. މަކުނުދޫ)
އަދަބީ ހުނަރުވެރިކަމުގެ ތެރެއިން އިއްޒަ އެންމެ ފާހަގަވަނީ ޅެންވެރިކަމުގެ ހުނަރުވެރިކަމުގެ ރޮނގުންނެވެ. މިގޮތުން ސްކޫލް ދައުރުގައި އެތައް މުދައްރިސުންނެއްގެ ފުށުން ފަހިވެގެންއައި އަދަބީ އެކި ފުރުސަތުތަކުގެ ތެރެއިން، މި މަސައްކަތުގައި މިއަދާއި ހަމައަށް ދެގޮތެއްނުވެ ދިވެހި ބަހާއި ސަގާފަތަށް ޚިދުމަތްކުރުމުގައި އިއްޒަ އަންނަނި މަސައްކަތް ކުރަމުންނެވެ.
އިއްޒަ ޅެން ހަދަންފެށީ ވަކި މުދައްރިސެއްގެ ކައިރިން އުނގެނިގެނެއްނޫން ކަމަށް ވިޔަސް، އެ ފަންނު ހޯދުމުގައި ސީދާ އަދި ނުސީދާގޮތުން އަދަބީ ހަރަކާތްތުގައި އޭނައަށް މުދައްރިސުން ދެއްވި އެހީއާއި މަދަދުގެ އިތުރުން އިހުގެ ޅެންތައް ކިޔާ އުނގެނިގެން ހޯދި ފަންނުވެރިކަން ހިމެނެއެވެ.
އިއްޒަ ވަނީ ދިވެހި ބަހުގެ އެކަޑަމީން ހިންގި "އަލި މުޅިރާއްޖެއަށް" މި ކޯހުގައި ޖުމްލަ 13 ބެޗަކަށް 400 ދަރިވަރުންނަށް ޅެންވެރިކަމުގެ ހުނަރު ދަސްކޮށް ދީފައެވެ. މީގެއިތުރުން ސްކޫލް، ކްލަބް، ޖަމިއްޔާ ތަކުން ބާއްވާ މަދަހަ މުބާރާތްތަކުގެ ފަނޑިޔާރުކަން ކޮށްދިނުމުގެ އިތުރުން ސަރުކާރު ސްކޫލް ކޮލެޖްތަކުގައި ޅެންވެރިކަމުގެ ކޯސް ވެސް އިއްޒަ ވަނީ ހިންގައިދީފައެވެ. މިގޮތުން 800 ކުދިން ތަމްރީންކޮށްދީފަވެއެވެ.
ދިވެހިބަހުގެ އެކަޑަމީގެ މަލަސް މަޖަލައްލާގެ 103 ވަނަ އަދަދު އިއްޒާގެ ޅެންތައް ޙާއްސަކޮށްފައިވާއިރު، އޭނާގެ ގިނަ އަދަދެއްގެ ޅެންތައް ވަނީ އޮންލައިން ނޫސްތަކުގައާއި، މަޖައްލާ އަދި ފަތްތޫރާގައި ޝާޢިއުކޮށްފައެވެ.
ދިވެހިބަހާއި ޘަޤާފަތަށް ޚިދުމަތްކުރުމުގެ ދާއިރާއިގައި އިއްޒަ މަސައްކަތްކުރާތާ މިހާރު ވަނީ 9 އަހަރު ހޭދަވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!