ކޯވިޑް-19 އިން ރައްކާތެރިވުމަށް ޖަހަމުން އަންނަ ވެކްސިންގެ ފުރަތަމަ ޑޯޒް، އިންޑިއާގައި 1 ބިލިއަން މީހުން ޖަހާފައިވާކަމަށް އެގައުމުން ހާމަކޮށްފިއެވެ.
ދުނިޔޭގެ އެންމެ އާބާދީ ބޮޑު ގައުމުތަކުގެ ދެ ވަނައިގައި އޮތް އިންޑިއާގައި ކޯވިޑް 19 އަށް ހޭލުންތެރިކަން އިތުރުކޮށް ކުރަމުން އަންނަ ކެމްޕޭންތަކާއި އެކު އެ ގައުމުގައި ވެކްސިންގެ ފުރަތަމަ ޑޯޒް ފުރިހަމަކޮށްފައިވާ މީހުންގެ އަދަދު 1 ބިލިއަނަށް އެރުމަކީ ކޯވިޑް 19 އާއި ދެކޮޅަށް ކުރަމުން އަންނަ ކަންތައްތަކަށް ލިބުނު ބޮޑު ކުރިއެރުމެއްކަން އެގައުމުން ވަނީ ފާހަގަކޮށްފައެވެ.
މިކަމާއި ގުޅިގެން އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ ވަނީ ޞީއްޙީ ދާއިރާގައި ޚަރަކާތްތެރިވާ ހުރިހާ ޑޮކްޓަރުންނަށާއި ނަރުހުންނަށް މިކަމާއި ގުޅިގެން މަރުޚަބާ ކިޔައި ޓްވީޓްކުރައްވާފައެވެ.
ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙް ވެސް ވަނީ އިންޑިއާ މި ހާސިލްކުރި ކާމިޔާބީ ފާހަގަ ކުރައްވާ އިންޑިއާއަށް މަރުޙަބާ ވިދާޅުވެ ޓްވީޓެއް ކުރައްވާފައެވެ. އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ ވަނީ އެކަން ފާހަގަ ކުރައްވާ ރައީސް ޞާލިހަށް ޝުކުރު އަދާ ކުރައްވާފައެވެ.
Thank you President @ibusolih for your kind wishes.
I am pleased to see the progress of the vaccination drive in the Maldives.
As neighbours and close friends, our partnership to overcome COVID-19 has borne fruit.#VaccineCentury https://t.co/1KfsOR6O2q
— Narendra Modi (@narendramodi) October 21, 2021
އިންޑިއާގެ މުޅި އާބާދީގެ 51 އިންސައްތަ މީހުން ފުރަތަމަ ޑޯޒް ޖަހާފައިވާއިރު، ދެވަނަ ޑޯޒް ފުރިހަކޮށްފައިވަނީ 21 އިންސައްތަ މީހުންކަމަށް ރެކޯޑުތަކުން ދައްކައެވެ. އަދިވެސް އިންޑިއާގައި 2 ޑޯޒް ޖަހާމީހުންގެ އަދަދު މަދުވި ނަމަވެސް އެގައުމާއި އެންމެ ވާދަކުރާ ޗައިނާގައި މިހާތަނަށް ފުރަތަމަ ޑޯޒް ފުރިހަމަކޮށްފައިވާ މީހުންގެ އަދަދަކީ 2.2 ބިލިއަންއެވެ.
އިންޑިއާގައި ފެސްޓިވަލްތަކެއް ކުރިއަށް ދާތީ ވެކްސިން ޖެހުމުގައި ދަތިތަކެއް ހުރި ނަމަވެސް އެކަންތައްތައް ހައްލުކުރަމުން އަންނަކަމަށް ކަމާއިބެހޭ ފަރާތްތަކުން ދަނީ ބުނަމުންނެވެ.
ނޮވެމްބަރު މަހު ކޮވިޑް ޝީލްޑް ވެކްސިންގެ 220 މިލިއަން ވެކްސިން ޑޯޒް އުފައްދާ ނެރުމަށް މަސައްކަތްކުރަމުން އަންނަކަމަށާއި، ކޮންމެ މަހަކު 100 މިލިއަން ވެކްސިން އުފައްދަމުން އަންނަކަމަށް ކަމާއި ބެހޭ ފަރާތްތަކުން އަންނަނީ ހާމަކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!